Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ މައްސަލަތައް

ފާއިތުވި ދެތިން އަހަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އަވަސް: ޕީޖީ

25 އޯގަސްޓު 2022 | ބުރާސްފަތި 13:34

2010ން ފެށިގެން 2020ށް ތަފާސްހިސާބުތައް އަޅައިކިޔާއިރު، ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ސާބިތުވާ މައްސަލަތަކުގެ ނިސްބަތް އިތުރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2022 | ބުރާސްފަތި 13:34
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

މިދިޔަ ދެ ތިން އަހަރު ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ރިޕޯޓްކުރާ ގޮތް އަވަސްކަން ފާހަގަކުރެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، މައްސަލަތައް ރިޕޯޓްކުރާ މިންވަރު އަވަސްވުމަކީ މައްސަލަތަކުގެ ހެކި ލިބުމަށް މަގުފަހިވާ ކަމެއް ކަަމަށެވެ. އަދި އަވަހަށް މައްސަލަތައް ރިޕޯޓްކުރާ ނިސްބަތް އަވަސްވެފައިވަނީ އާއްމުންގެ ހޭލުންތެރިކަން އިތުރުވުމުންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ. އަދި ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްވުރެ ރަނގަޅުވެ، ދައުވާކުރާ މައްސަލަތައް ސާބިތުވާ ނިސްބަތް އިތުރުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ޝަމީމް ވަނީ 2010ން ފެށިގެން 2020ށް ތަފާސްހިސާބުތައް އަޅައިކިޔާއިރު ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ސާބިތުވާ މައްސަލަތަކުގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްވުރެ ފުލުހުންނަށް އާއްމުން ކުރާ އިތުބާރުވެސް އިތުރުވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޝަމީމް ވަނީ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި އަވަސްކުރުމަށް ޕީޖީ އޮފީހަށް ދިމާވާ ދަތިތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން ކުށް ބަޔާންކުރާ މާއްދާގެ ތަފާތު ގާނޫނުތައް ހުރުމުގެ ސަބަބުން މައްސަލަތައް ކުރިއަށްގެންދާނީ ކޮން ގާނޫނެއްގެ ދަށުންކަން ދެނެގަތުމަށް ދަތިތަކާ ދިމާވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތައް ގާނޫނުލް އުގޫބާތުގެ ދަށުން ބަޔާންކުރާ ގޮތަށް ހަމަޖައްސައިދިނުމަށް އެޓަރނީ ޖެނެރަލްއަށް ދަންނަވާފައިވާކަަމަށާއި، އެކަމާގުޅޭ މައްސަލައެއް މަޖިލީހަށްވެސް ހުށަހަޅުއްވާފައިވާނެކަމަށް ވިދާޅުވިއެވެ. 

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް