Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިލެއްފަހީ ބަނދަރުގެ މަސައްކަތް

ބިލެއްފަހީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ %53 ނިމިއްޖެ

ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް

އުޒުމާ އަހުމަދު ސަމީރު
އުޒުމާ އަހުމަދު ސަމީރު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 12:40
ށ. ބިލެއްފަހީ ބަނދަރު

ށ. ބިލެއްފަހީ ބަނދަރު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ, ށ. ބިލެއްފަހީ ބަނދަރު ތަރައްޤީ މަޝްރޫޢުގެ 53 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ; ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް 30 އޮކްޓޯބަރ 2021 ވަނަ ދުވަހު ނިމިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، އަދި 1,150 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ވެސް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

28.42 ރުފިޔާގެ މި މަޝްރޫޢަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ށ. ބިލެއްފަހި

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް، ބިލެތްފަހި އެއަރޕޯޓް ހުޅުވައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެއްޖެ

14 އޮކްޓޯބަރު 2025
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް، ބިލެތްފަހި އެއަރޕޯޓް ހުޅުވައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެއްޖެ
06 ނޮވެމްބަރު 2022

ބިލެތްފަހީގެ ތަރައްޤީއަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ - ކައުންސިލް

06 ނޮވެމްބަރު 2022
ބިލެތްފަހީގެ ތަރައްޤީއަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ - ކައުންސިލް
08 ފެބުރުއަރީ 2022

ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

08 ފެބުރުއަރީ 2022
 ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް
13 ޖޫން 2021

ބިލެއްފަހި ބަނދަރު ފުން ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

13 ޖޫން 2021
ބިލެއްފަހި ބަނދަރު ފުން ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު