Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2020 - ދަނޑުތައް

ޔޯހަން ކްރައިފް އެރީނާ، އެމްސްޓެޑަމް، ހޮލެންޑް

ޔޯހަން ކްރައިފް އެރީނާ އަކީ 55،500 މީހުންގެ ޖާގައިގެ ދަނޑެއް

| 4 ޖޫން 2021 | ހުކުރު 22:37
ހޮލެންޑުގެ އެމްސްޓެޑަމްގައި ހުންނަ ޔޯހަން ކްރައިފް އެރީނާ

ހޮލެންޑުގެ އެމްސްޓެޑަމްގައި ހުންނަ ޔޯހަން ކްރައިފް އެރީނާ

ޔޯހަން ކްރައިފް އެރީނާގައި މިފަހަރު ކުޅޭނީ ގްރޫޕް ސީގައި ހޮލެންޑް ކުޅޭ މެޗުތަކެވެ. މި ގްރޫޕުގައި ހޮލެންޑާއެކު ދެން ހިމެނެނީ އޮސްޓްރިއާ، ޔުކްރޭން އަދި ނޯތު މެސެޑޯނިއާއެވެ.

ޔޯހަން ކްރައިފް އެރީނާއަކީ އާއްމު ގޮތެއްގައި ހޮލެންޑުގެ އެންމެ މަޝްހޫރު ކުލަބް ކަމަށްވާ އަޔެކްސް އެމްސްޓެޑަމްގެ ހޯމް ސްޓޭޑިއަމެވެ. މި ސްޓޭޑިއަމް އެމީހެއްގެ ނަމަށް ނިސްބަތް ކުރެވޭ ޔޯހަން ކްރައިފަކީ ހޮލެންޑްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މި ސްޓޭޑިއަމްގެ ކެޕޭސިޓީއަކީ 55500 އެވެ. މިފަހަރުގެ ޔޫރޯގެ މެޗުތަކުގެ ތެރެއިން ހޮލެންޑް ގްރޫޕު ފިޔަވަހީގައި ކުޅޭ ތިން މެޗުގެ ތެރެއިން ކޮންމެ މެޗަކަށް ސްޓޭޑިއަމްގެ ޖުމްލަ ކެޕޭސިޓީގެ ތެރެއިން މަދުވެގެން ވިހި އިންސައްތަ މީހުން ވަންނާނޭ ކަމަށް ހޮލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

ބައެއް ގައުމުތަކުގައި ގައުމީ ސްޓޭޑިއަމްތަކެއް ހުއްޓަސް ހޮލެންޑުގައި އެގޮތަށް ގައުމީ ސްޓޭޑިއަމެއް ނުހުރެއެވެ. ކިރިޔާވެސް ކައިރިކުރާ ތަނަކީ ޔޯހަން ކްރައިފް އެރީނާއެވެ. އެހެންވީމާ ހޮލެންޑުގެ ގައުމީ ޓީމުގެ ހޯމް މެޗުތައް އާއްމު ގޮތެއްގައި ކުޅެނީ މި ސްޓޭޑިއަމްގައެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލެއް ހޮލެންޑުގައި ކުޅެން ޖެހިއްޖެނަމަ އެ މެޗެއް ގިނަ ފަހަރު ކުޅެނީވެސް ޔޯހަން ކްރައިފް އެރީނާގައެވެ. މިތަނުގައި ކުޅެގެން ހޮލެންޑުގެ ގައުމީ ޓީމު ބަލިކުރުމަކީ ވަރަށް ނުކުރެވޭ ކަމެކެވެ.

ގްރޫޕް ސީގައި ހޮލެންޑް ކުޅޭ މެޗުތައް ފިޔަވައި މި ގްރޫޕުގެ އެހެނިހެން މެޗުތައް ކުޅޭނީ ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2021

ޕުސްކާސް އެރީނާ، ބުޑަޕެސްޓް، ހަންގޭރީ

04 ޖޫން 2021
ޕުސްކާސް އެރީނާ، ބުޑަޕެސްޓް، ހަންގޭރީ
04 ޖޫން 2021

އެލިއާންޒް އެރީނާ، މިއުނިކް، ޖާރމަނީ

04 ޖޫން 2021
އެލިއާންޒް އެރީނާ، މިއުނިކް، ޖާރމަނީ
04 ޖޫން 2021

ނެޝަނަލް އެރީނާ، ބުކަރެސްޓް، ރުމޭނިއާ

04 ޖޫން 2021
ނެޝަނަލް އެރީނާ، ބުކަރެސްޓް، ރުމޭނިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު