ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 08:21
ވޭމަންޑޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުން
ވޭމަންޑޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުން
އެންވަރަންމަންޓް މިނިސްޓްރީ
ވޭމަންޑޫގެ ނަރުދަމާ
ވޭމަންޑޫގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި
 
މިމަސައްކަތް ފަށާފައި ވަނީ އިއްޔެ

ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ތ. ވޭމަންޑޫގައި ބާއްވައިފިއެވެ.

ވޭމަންޑޫގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، އެލް.އީ ޓްރިވެނީ ޖޭވީ އާ ހަވާލުކޮށްގެން ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ އިން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މިމަޝްރޫޢުގެ އަގަކީ 30,944,081.52ރ. ކަމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ 18 ޖޫން 2017 ގައެވެ.

މި މަޝްރޫޢަށް ފައިސާ ހަމަޖެހުމަށް ފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައި ވަނީ ފަންޑިންގް އެޖެންސީގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާ ހަވާލު ކުރެވިފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 550 ދުވަހެވެ.

މިމަޝްރޫޢުގެ ދަށުން ތ. ވޭމަންޑޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާ އެކު މި ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއެއް ޤާއިމު ކުރުން ހިމެނޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް