ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 10:54
ވީޑިއޯގެ މައްސަލައިގައި ގްރީން ދައްކަވާ ވާހަކަފުޅުތައް ފުށުއަރާ
ވީޑިއޯގެ މައްސަލައިގައި ގްރީން ދައްކަވާ ވާހަކަފުޅުތައް ފުށުއަރާ
ޕީއޭ އިމޭޖަސް
ޖިންސީ ފުރައްސާރަ
އިނގިރޭސި ބޮޑުވަޒީރުގެ ނާއިބު މަގާމުން ވަކިކުރައްވައިފި
 
ބޮޑުވަޒީރު ވަނީ އަރިސް ބޭފުޅަކު ވަކިވެ ވަޑައިގަންނަވާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައި
 
ގްރީންއަކީ ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި މި ފަދަ ތުހުމަތެއްގައި ކެބިނެޓުން އިސްތިއުފާދެއްވި ތިން ވަނަ ވަޒީރު

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ، އެކަމަނާގެ ނާއިބުގެ މަގާމު ފުރުއްވަމުން ގެންދެވި ޑެމިއަން ގްރީން ވަޒީރުންގެ އަޚްލާގީ މިންގަޑާ ޚީލާފްވެވަޑައިގެންފައި ވާކަމަށް އިންކުއަރީއަށް ފާހަގަކުރެވުމުން މަގާމުން ވަކިކުރައްވައިފިއެވެ.

އިސްތިއުފާ ދެއްވުމަށް އޭނާއަށް އެންގީ 2008 ވަނަ އަހަރު އޭނާ އޮފީހުގައި ބޭނުންކުރެއްވި ކޮމްޕިއުޓަރުން ބަރަހާނާ ވީޑިއޯ ފެނުނު މައްސަލައާ ގުޅިގެން އޭނާ ދީފައިވާ ބަޔާންތައް ދިމާ ނުވުމާއި އެ ވާހަކަތަކުގައި އޮޅުވާލުން ހިމެނޭތީ ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ. 

މީގެ އިތުރުން އޭނާ ވަނީ ލިޔުންތެރިޔާ ކޭޓް މޯލްބީއާ މެދު އޭނާގެ ނުރުހުމުގައި ގައިގޯޅިވެވިފައިވާތީ މައާފަށް އެދިވަޑައިގެންފައެވެ.

ބީބީސީގެ ޕޮލިޓިކަލް އެޑިޓަރ ލައުރާ ކޫންސްބަރގް ބުނީ ބޮޑުވަޒީރަށް މި މައްސަލައިގައި މާ ގިނަ ގޮތްތަކެއް ނެތް ކަމަށާއި އެހެން ކަމުން ގްރީން ވަކިކުރައްވަން ނިންމެވީ ކަމަށެވެ.

ބީބީސީން ބުނީ ބޮޑުވަޒީރު މޭގެ އަރިސް ބޭފުޅަކު އޮފީސް ދޫކުރައްވާތީ މޭއަށް އެކަނިވެރިކަން އިހުސާސްކުރައްވަން ޖެހިވަޑައިގެންފައި ވާކަމަށެވެ. އަދި އެކަމަނާ ވަނީ ގްރީން ވަޑައިގަންނަވާތީ ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އޭނާގެ އަމަލަކީ ވަޒީރެއްގެ ކިބައިން އުންމީދުކުރާ ފަދަ އަމަލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އުމުރުފުޅުން 61 އަހަރުފުޅުގެ ގްރީންއަކީ އެ ގައުމުގެ ފަސްޓް ސެކްރެޓަރީ އަދި ބޮޑުވަޒީރުގެ ނާއިބެވެ. ގްރީންއަކީ ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި މި ފަދަ ތުހުމަތެއްގައި ކެބިނެޓުން އިސްތިއުފާދެއްވި ތިން ވަނަ ވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
50%
0%
50%
ކޮމެންޓް