ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 13:48
ޒިމްބާބްވޭގެ ސިފައިން މަގުތަކަށް ނިކުމެ ހަރަކާތްތެރިވަނީ
ޒިމްބާބްވޭގެ ސިފައިން މަގުތަކަށް ނިކުމެ ހަރަކާތްތެރިވަނީ
ރޮއިޓަރސް
ޒިމްބާބްވޭ
މުގާބޭ ވެރިކަމުން ފައިބަނީ، ވަގުތީ ގޮތުން ވެރިކަމަށް ނަންގަގްވާ!
 
މުގާބޭގެ ޙާލަތާބެހޭ ކަށަވަރު މައުލޫމާތެއް ނުލިބޭ

ޒިމްބާބްވޭގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރައީސް ރޮބަރޓް މުގާބޭ އާއި ދެކޮޅަށް ތެދުވުމާއިއެކު، މުގާބޭ މަޤާމުން އިސްތިއުފާ ދެއްވަން އުޅުއްވާކަމަށް ދެކުނު އެފްރިކާގެ ނޫސް އެޖެންސީއަކުން ބުނެފިއެވެ. މާބޮޑު ތަފްޞީލެއް އެއެޖެންސީއިން ނުދިން ނަމަވެސް، މުގާބޭގެ ޕާޓީ ޒާނޫ ޕީއެފް އިން ބުނީ ވަގުތީ ރައީސްކަމުގެ މަޤާމާއި، އެމަރސަން އެމްނަންގަވާ ހަވާލުވެވަޑައިގެންފައިވާކަމަށެވެ. 75 އަހަރުގެ އެމްނަންގަވާއަކީ މިދިޔަ ހަފްތާގައި މަޤާމުން ދުރުކުރެވުނު ޒިމްބާބްވޭގެ ނައިބު ރައީސެވެ. އޭނާ މަޤާމުން ދުރުކުރުމަށް ރައީސް މުގާބޭ ނިންމެވީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިކުރެއްވުމަށެވެ.

މަޝްހޫރު އެއްވެސް ނޫސް އެޖެންސީއަކުން އެކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ޒަނޫ ޕީއެފް ޕާޓީގެ ނަމުގައިވާ ޓްވިޓަރ އެކައުންޓުންވަނީ ބަޣާވާތެއް ނޫންކަމާއި މިއީ ލޭ އޮހޮރުވުމެއް ނެތް ބަދަލެއް ކަމަށް ބުނެ ޓްވީޓްކޮށްފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ ރައީސްގެ ދެ ކަނބަލުން ހައްޔަރުކޮށްފައިވާއިރު ދެ ކަނބަލުން ހުންނެވީ ހެޔޮހާލުގައި ކަމަށް ސަލާމަތުން ކަމަށް ބުނެފައިވެއެވެ.

ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގެ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުން މުގާބޭއާއި އަނބިކަނބަލުން ގްރޭސް ތިއްބެވީ މިވަގުތު އަސްކަރިއްޔާގެ ބެލުމުގެ ދަށުގައެވެ. ބުދަ ދުވަހު ޒިމްބާބްވޭގެ އަސްކަރިއްޔާއިން އެޤައުމުގެ ޤައުމީ ޓީވީ ޗެނަލް ހިފާފައިވާއިރު، އެޗެނަލް މެދުވެރިކޮށް ހަމަނުޖެހުން ނުއުފެއްދުމަށް ގޮވާލާ އަސްކަރިއްޔާއިން ބަޔާނެއް ނެރުނެވެ. އަދި ސިފައިން ބުނީ މިއީ ބަޣާވާތެއް ނޫންކަމަށާއި، ރައީސް މުގާބޭ ހުންނެވީ ސަލާމަތާއި ރައްކާތެރިކަމާއި އެކުގައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
63%
0%
0%
0%
38%
ކޮމެންޓް