ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 16:04
އައިފޯން10
އައިފޯން10
ގެޓީ އިމޭޖަސް
ޕްރޮޕޯސް ކުރުން
ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި
 
ފަންސަވީސް އަކީ އަންހެން މީހާގެ އުމުރު

ޗައިނާގެ ފިރިހެނަކު 25 އައިފޯނުން ރައްޓެހިވެގެން އުޅޭ އަންހެން މީހާއަށް ޕްރޮޕޯސް ކޮށްފިއެވެ.

އޭނާ ޕްރޮޕޯސް ކުރީ އައިފޯނުގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ އައިފޯން10 އިންނެވެ.

މި 25 އައިފޯނުގެ ޖުމްލަ އަގު 31،000 ޑޮލަރަށް އަރައެވެ. އެއީ ޗައިނާގެ ފައިސާއިން ނަމަ 22.5 ލައްކަ ރުޕީސްއެވެ.

ޕްރޮޕޯސް ކުރުމަށްޓަކައި އެ 25 އައިފޯން ހިތެއްގެ ބައްޓަމަށް ވަނީ އަތުރާފައެވެ. އަދި އޭގެ ތެރެއަށް ވަނީ ރަތް ފިނިފެންމަލުގެ ފިޔަތައް އަޅާފައެވެ.

އެމީހާ ކައިރިން 25 އައިފޯން ދިނީ ކީއްވެތޯ އެހުމުން ބުނެފައިވަނީ އެއީ އެ އަންހެން ކުއްޖާގެ އުމުރު ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ޕްރޮޕޯސް ކުރުމަށް އެހީތެރިވިދިން ހުރިހާ ރައްޓެހިންނަށް ވެސް އައިފޯން10 ހަދިޔާއަކަށް ދީފައެވެ.

ލޯބިވެރިންނަށް ޕްރޮޕޯސް ކުރުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް