ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 05:33
ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް
ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް
އެފްއޭއެމް
ޢޭޝިއަން ކަޕް ކޮލިފައިން
ރިކަވަރީ އަށް ވަގުތު ނުލިބުނަސް ކުޅުންތެރިންނަށް އިތުބާރު ކުރަން: ގައުމީ ކޯޗު
 
ރަނގަޅު ނަތީޖާއެއް ނެރެން ކުޅުންތެރިން މަސައްކަތްކުރާނެ
 
އެއާޕޯޓުގައި ހަ ގަޑިއިރުވަންދެން މަޑުކުރަންޖެހުނު
 
ފަލަސްތީނަށް ދަތުރުކުރުމަށް 33 ގަޑިއިރު ހޭދަވި

ރިކަވަރީ އަށް ވަގުތު ނުލިނުނަސް ޓީމުގެ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުމަށް ގައުމީ ޓީމު 33 ގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު އެގައުމަށް ގޮސްފައިވާއިރު، ކޯޗު ބުނީ މިއީ ކުޅުންތެރިންނަށް އަދި އޭނާ އަށްވެސް ލިބުނު ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ދިގު ދަތުރަކަށްފަހު ކުޅުންތެރިންނަށް ރިކަވާ ވާން ވަގުތު ނުލިބޭނެކަން ފާހަގަކުރަމުން ކޯޗު ބުނީ މެޗު އޮތީ އަންގާރަ ދުވަހު ކަމަށާއި، މެޗަށް ކުޅުންތެރިން ވެވެން އޮތް އެންމެ ރަނގަޅަށް ތައްޔާރުވާނެކަމަށެވެ.

އެގޮތުން އޭނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ހުރިހާ ކުޅުންތެރިންނަށްވެސް އިތުބާރު އެބައޮތްކަމަށެވެ.

ކޯޗު ބުނީ ހަ ގަޑިއިރުވަންދެން އެއާޕޯޓުގައި މަޑުކުރަންޖެހުނު ކަމަށާއި، އެންމެ ދުވަހެއްގެ ރިކަވަރީ އަށްފަހު މެޗު ކުޅެންޖެހުމަކީ ކުޅުންތެރިންނަށް ބޮޑު ތަކުލީފަކަށްވެގެންދާނެ ކަމަށެވެ.

މެޗަށް ރާއްޖެ ނިކުންނަނީ ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަކާ ނުލާ، 12 ވަރަކަށް ދުވަހުގެ ފަރިތަކުރުންތަކަށްފަހު އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިވަގުތު ރާއްޖެ އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ރާއްޖެއާ ދެކޮޅަށް ނިކުންނަ ފަލަސްތީން ޓީމު އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް