ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 10:05
ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފަންޑުފޮށިތަކުގެ ތެރެއިން
ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފަންޑުފޮށިތަކުގެ ތެރެއިން
ގޫގުލް
ރޮހިންޖާ ޓެލެތޯން
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި 20 ފަންޑު ފޮށި ބަހައްޓައިފި
 
މުޅި އަތޮޅުގައި ހަރަކާތް ހިންގުމަށް ދަނީ މަޝްވަރާ ކުރަމުން

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް  ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، އެފަރާތްތަކަށް އެހީވުމަށް ހދ ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ފަންޑުފޮށިތަކެއް ބަހައްޓައިފިއެވެ. 

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމަތައް ކުށްވެރިކޮށް އަނިޔާލިބެމުންދާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ކުރިއަށް ގެންދަން ނިންމާފައިވާ ޓެލެތޯން އަށް ހަދިޔާކުރުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލްއާއި ރަށު ރައްޔިތުން ކުރިއަށް ގެންދާ މިހަރަކާތާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ މުހައްމަދު މޫސާ ވިދާޅުވީ މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކަޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މިހާތަނަށް 20 ފަންޑުފޮށި ބަހައްޓާފައިވާ ކަމަށެވެ. 

މުހައްމަދު މޫސާ ވިދާޅުވީ މިހަރަކާތް ކުރިއަށް ކުރިއަށް ގެންދިއުމުގައި ކުޅުއްދުއްފުށީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. 

އޭނާ ވިދާޅުވީ "ކުޅުދުއްފުށީ ހޮނިހިރު ބާޒާރު"ގެ އިތުރުން ކުޅުދުއްފުށީގެ ގިނަ ފިހާރަތަކެއްގައި ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ. ފަންޑަށް އެހީވުމުގެ ފުރުސަތު ހޯމަ ދުވަހުގެ 14:30 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް މުހައްމަދު މޫސާ ވިދާޅުވިއެވެ. 

މުހައްމަދު މޫސާ ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހަރަކާތް އިތުރަށް ފުޅާކޮށް މުޅި އަތޮޅުގައި މި ހަރަކާތް ކުރިއަށް ގެންދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ފަންޑަށް ލިބޭ ފައިސާ ރެޑްކެރެސެންޓާ ހަވާލު ކުރާނީ ރާއްޖެޓީވީ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް