ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 08:22
ކެޑޭޓް ކޭމްޕްގައި ބައިވެރިވި ކުދިންނާއި އިހަވަންދޫގެ އިސްވެރިން އެކުގައި
ކެޑޭޓް ކޭމްޕްގައި ބައިވެރިވި ކުދިންނާއި އިހަވަންދޫގެ އިސްވެރިން އެކުގައި
އެމްއެންޑީއެފް
ކެޑޭޓް ކޭމްޕް
އެމްއެންޑީއެފް އިން ކެޑޭޓް ކޭމްޕެއް ބާއްވައިފި
 
އެރަށުގެ ސްކޫލުގެ ގްޜޭޑް 8 އަދި 9 ގެ ކުދިން ވަނީ ބައިވެރިވެފައި
 
31 ކެޑޭޓުން ވަނީ ބައިވެރިވެފައި
 
މި ކޭމްޕް ކުރިއަށްދިޔައީ ތިން ދުވަހުގެ ނިއަލަށް

 

އެމްއެންޑީއެފް ނޮދަން އޭރިއާއިން ހއ.އިހަވަންދޫ ސްކޫލުގައި ހިންގި ދެ ވަނަ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކެޑޭޓް ކޭމްޕް ނިންމުމުގެ ގޮތުން ހއ.އިހަވަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޭމްޕް ފުރިހަމަ ކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކަމަށެވެ.

 މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށެވެ.

އިހަވަންދޫ ސްކޫލުގައި ހިންގި މި ކެޑޭޓް ކޭމްޕްގައި އިހަވަންދޫ ސްކޫލުގެ ގްރޭޑް 8 އަދި 9 އަކުން 31 ކެޑޭޓުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ކޭމްޕަކީ އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، މައިންބަފައިންނާއި ދޮށީ މީހުންނަށް އިޙްތިރާމް ކުރާ، ދުނިޔޭގެކަންތައްތަކަށް ލޯ ހުޅުވިފައިވާ، ތެދުވެރި، ވަފާތެރި އަދި މުރާލި ކެޑޭޓަކަށް ހެދުމަށް ބާރު އެޅުމުގެ މަގްސަދުގައި ބޭއްވުނު ކޭމްޕެއް ކަމަށް އެމްްއެންޑީއެފް އިން ބުނެ އެވެ.

މި ކެޑޭޓް ކޭމްޕަކީ އިހަވަންދޫ ސްކޫލް މެނޭޖްމަންޓާއި ސްކޫލް ކުދިންގެ ބެލެނިވެރިންނާއި އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ އެެއްބާރުލުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން ހިންގި ކޭމްޕެކެވެ. މި ކޭމްޕްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ މުދައްރިބުންނާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް