ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 13:36
ޕީއެސްޖީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ނޭމާ
ޕީއެސްޖީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ނޭމާ
ގޯލް.ކޮމް
ޕީއެސްޖީ
ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ
 
ޕީއެސްޖީއިން ވަނީ މި ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރިކޯޑު މުގުރާލާފަ
 
ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވަނީ ޕީއެސްޖީއިން އާދަޔާ ހިލާފަށް ގިނައިން ޚަރަދު ކުރާ ކަމަށް ބުނެ ޔުއެފާއަށް މައްސަލަ ހުށަހަޅާފަ

ފްރާންސްގެ ޕީއެސްޖީއިން ޓްރާންސްފާ ބާޒާރުގައި ފުރިހަމަ ކުރި ޓްރާންސްފާތައް  ތަހުގީގު ކުރުމަށް ޔުއެފާއިން ނިންމައިފިއެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓު ކުރާގޮތުގައި އެގައުމުގެ ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވަނީ ޕީއެސްޖީއިން އާދަޔާ ހިލާފަށް ގިނައިން ޚަރަދު ކުރާކަމަށް ބުނެ ޔުއެފާއަށް މައްސަލަ ހުށަހަޅާފައެވެ.

ޕީއެސްޖީއިން ވަނީ މި ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރިކޯޑު މުގުރާލާފައެވެ. އެގޮތުން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ ޕީއެސްޖީއާ ގުޅިފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ. ހަމަ އެހެންމެ ޕީއެސްޖީއިން ވަނީ މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭގެ ސޮއި ވެސް ހޯދާފައެވެ. އޭނާ ޕީއެސްޖީއާ ގުޅިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމުގައި ވިޔަސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޕީއެސްޖީއިން މޮނާކޯއަށް 180 މިލިއަން ޔޫރޯ ދައްކާނެއެވެ.

ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ގަވާއިދުގައި ވާގޮތުން ކްލަބުތަކުން ޚަރަދު ކުރާ ފައިސާގެ އަދަދު އެ ކްލަބަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރު ވެއްޖެ ނަމަ އެ ކްލަބަކާއި ދެކޮޅަށް ފިޔަވަޅު އެޅޭނެއެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައި ވަނީ ޕީއެސްޖީއާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއްގެ ސަބަބުން އެ ކްލަބުގެ ޓްރާންސްފާތައް ތަހުގީގު ކުރުމަށް ޔުއެފާގެ ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީ އިން ފަށާފައިވާ  ކަމަށެވެ. އަދި ކުރިޔަށް އޮތް މަސްތަކުގައި ޕީއެސްޖީގެ މެނޭޖްމަންޓާއި ބައްދަލުކޮށް އެ ކްލަބުގެ ހިސާބުކިތާބުތައް ވަރަށް ތަފްސީލުކޮށް އޮޑިޓް ކުރާނެ ކަމަށާއި އެ ކްލަބުން ފައިނޭންޝިއަލް ފެއާޕްލޭގެ ގަވާއިދުތަކާ ހިލާފްވެފައި ވާނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޕީއެސްޖީއާ ދެކޮޅަށް ތަހުގީގު ފަށާފައިވާއިރު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ކްލަބް ވާދަކުރާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް