ކ. މާލެ
|
12 މާރޗް 2018 | ހޯމަ 14:29
ގޮނޑި ގެއްލޭ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވާ ސަރުކާރުގެ މެމްބަރުން
ގޮނޑި ގެއްލޭ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވާ ސަރުކާރުގެ މެމްބަރުން
ރާއްޖެ އެމްވީ
އެންޓި ޑިފެކްޝަން ބިލް
ނަޝީދާއި ފަޒާދާއި ނާޒިމް ރަޝާދު ގޮނޑި ގެއްލޭ ބިލަށް ވޯޓެއް ނުދެއްވި
 
ގޮނޑި ގެއްލޭ ބިލު މަޖިލީހަށް ބަލައިގަތީ 35 ވޯޓުން
 
މެމްބަރު ނަޝީދު ވަނީ ފަނޑިޔާރުގެ ބިލަށް ވޯޓު ދެއްވާފައި
 
ތިން މެމްބަރުން މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ބަލައިގަތުމަށް ޕީޕީއެމްގެ ތިން މެމްބަރު ވޯޓު ދޭން ދެކޮޅު ހައްދަވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެން، އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ޕީޕީއެމްގެ މެމްބަރުންނަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ.

އެންޓި ޑިފެކްޝަން ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި މެމްބަރު ނަޝީދު ބައިވެރިވެވަޑައި ނުގެންނެވިއިރު، އޭނާ ވަނީ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. ނަަމަވެސް ފަޒާދާއި ނާޒިމް ރަޝާދު އެ ދެ ބިލު ވެސް މަޖިލީހަށް ބަލައިގަތް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އެ ބޭފުޅުން ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން އެންޓި ޑިފެކްޝަން ބިލު ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އެ ބިލު މަޖިލީހުން ބަލައިގަތުމަށްފަހު، ސަރުކާރުގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އެ ބިލު ވަނީ ފޮނުވާފައެވެ.

އެންޓި ޑިފެކްޝަންގެ ބިލަށް ފާޑުވިދާޅުވެ އެ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދެއްކެވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި ސަލީމް ވިދާޅުވެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަށް ދީގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ބިލަކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، މަޖިލީހުގެ މެމްބަރުންނަކީ "ތަސައްރަފު ފުދޭ" ބަޔަކަށް ވާންޖެހޭނެ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
25%
25%
50%
ކޮމެންޓް
12 މާރޗް 2018 | ހޯމަ 17:04
college boy
Red wave saleemah muhimmu vaanee amilla viyafaareege maslahathah vaathee majileehuge membarukan beynun kuranee mikamah kamugai vaathee qawmu abadhu ves onnaanee dhashugai
12 މާރޗް 2018 | ހޯމަ 10:45
Fathun
Saabas
12 މާރޗް 2018 | ހޯމަ 10:23
ކަނައްކަފޫޅު
!!!މިހާރު ރައްޔިތުންގެ މިޖިލިހެއް އޮތްކަމަށް ޤަބޫލެއް ނުކުރެވޭ!!!!! މިހާރު އޮތީ ޕީޕީއެމްގެ މަޖިލިހެއް