Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީނަށް

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

ތަރައްގީއަކީ އިންސާނާގެ ބުއްދިއަށް އަންނަ ކުރިއެރުމެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 29 އެޕްރީލު 2017 | ހޮނިހިރު 22:48
އިދިކޮޅު ކޯލިޝަނުން ތިނަދޫގައި ބާއްވާ ޖަލްސާގައި އަލީ ހުސެއިން ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ތިނަދޫގައި ބާއްވާ ޖަލްސާގައި އަލީ ހުސެއިން ވާހަކަފުޅު ދައްކަވަނީ

ތަރައްގީގެ މީޓަރުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާނީ ސުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާހެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވިދާޅުވިީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތަށް ތަރައްގީއަކީ އިންސާނާގެ ބުއްދިއަށް އަންނަ ކުރިއެރުމެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ތަރައްގީ މިނެ ކިރުއްވަނީ ކޮންކްރީޓުންކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވި ގޮތުގައި، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި، މުޅި ދިވެހި ރައްޔިތުންނާއި އަންނަން އޮތް ޖީލުތައް މިސަރުކާރުން ވަނީ ދަރުވާލާފައެވެ. މިސަރުކާރުން ތަރައްގީ ގެންނަ ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގޭކަން ފާހަގަ ކުރައްވަމުން އަލީ ހުސައިން ހެކީގެ ގޮތުގައި، އައިޖީއެމްއެޗްގެ އިމާރާތުގެ ވާހަކަ ވިދާޅުވި އެވެ. ފަންސަވީސް ބުރީގެ އެ އިމާރާތް 54 މިލިއަން ޑޮލަރަށް އެޅޭއިރު، މި ސަރުކާރުން އެ އިމާރާތް ބިނާކުރަނީ 140 މިލިއަން ޑޮލަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކަންކަން ތަރައްގީގެ މީޓަރުން ބަލާއިރު، ކޮރަޕްޝަނަށް 30 މާކްސް އުނކުރަން ޖެހޭ ކަމަށައި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން، 20 މާކްސް އަދި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމާއި ރަށްތަކުގެ ތަރައްގީ ގެނެސް ނުދެވޭތީ 50 މާކްސް ކަޑާލަން ޖެހޭ ކަމަށެވެ. މިގޮތަށް މާކްސް އުނިކުރުމުން، ރައީސް ޔާމީންގެ ތަރައްގީގެ މީޓަރުން ލިބިވަޑައިގަންނަވާނީ ސުމެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެެވެ.

އަލީ ހުސެއިން ވިދާޅުވީ ތަރައްގީގެ ނަމުގައި މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ކުރަނީ އަނިޔާއެވެ.

ރައްޔިތުން ކަންކަމަށް ވިސްނަން ޖެހޭ ކަމަށައި ރައީސުލްޖުމްހޫރިއްޔާއަކީ ގައުމުގެ ވެރިޔާ ނޫންކަމަށާއި، ގައުމުގެ ވެރިންނަކީ ރައްޔިތުން ކަމަށެވެ.

ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ދެކެ ރައީސް ޔާމީން ލޯބިފުޅު ނުވާ ކަމަށާއި އިންސާނުން ދެކެ ލޯބިވުމުގެ ސިފަ އެ މަނިކުފާނުގެ ކޮބައިގައި ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ލޯބި ދޭން ދަސްވެފައި ނުވުމަކީ އިދިކޮޅު ފަރާތްތައްދެކެ ރުޅިއަންނަން ޖެހޭ ސަބަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ތިނަދޫ ރައްޔިތުން ބައިވެރިވި ތިނަދޫގެ ޖަލްސާގައި އަލީ ހުސެއިން ވަނީ ތިނަދޫއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަފައެވެ.

އޭނާ ވިދާޅުވީ، ތިނަދޫގެ މިނިވަން ޖައްވުން ވަކިވެގެން ދާއިރު އޭނާއަށް ފެނިވަޑައިގަންނަވަނީ ތިނަދޫ ބޭފުޅުންގެ އާދަޔާ ޚިލާފު ރޫހެއް ތިނަދޫ އަކީ އަބަދުވެސް މިނިވަންކަން ހޯދަން މަސައްކަތްކުރި މަންޒަރު ކަމަށެވެ. އެގޮތުން، ތިނަދު އަށް ވެރިކަން އަންނަތަން ފެނިވަޑައިގަންނަވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު