Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުރުން

މި މަސައްކަތެއް ދެން ނުހުއްޓުވޭނެ، ދާނީ ކުރިއަށް: ފާރިސް

ފާޅުގައި އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރުމަށް އެބަތިބި އެތައް މެންބަރުން: ފާރިސް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 21:58
ދިއެްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު

ދިއެްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު

އިސްލާހަށްޓަކައި ފަށާފައިވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށާއި، މި މަސައްކަތުގައި ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Advertisement - newsAdvertisement

ފާރިސް ވިދާޅުވީ ގާސިމް ހައްޔަރު ކުރީ އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

ފާރިސް ވިދާޅުވީ، އެބޭފުޅުން ފަށާފައިވާ އިސްލާހީ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށާއި، މިކަމުގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ. ފާރިސް ވިދާޅު ވިގޮތުގައި، މަޖިލީހުގެ މެންބަރުންނާއި ދިވެހި ރައްޔިތުން ތިބީ މި މަސައްކަތުގައެވެ.

"ދެން މި މަސައްކަތެއް ނުހުއްޓުވޭނެ. ފާޅުގައި އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރުމަށް އެބަތިބި އެތައް މެންބަރުން، ގާސިމަކީ ވަރަށް ގިނަ ބޭފުޅުންނަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭފުޅެއް، ސަރުކާރުގެ އެޖެންޑާ ހިންގުމަށް ފުލުހުން ލައްވާ ސިޔާސީ މަގުސަދު ހާސިލްކުރުމަށް ކުރުވާ ކަމެއް މީ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، ގާސިމްއާ މެދު ކުރެވުނު ތުހުމަތުތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ހެއްކެއްގެ މައްޗަށް ބިނާކޮށް ކުރި ތުހުމަތުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ހަތަރު ލީޑަރުންގެ ފަހަތްޕުޅުގައި މަޖިލިސް މެންބަރުންނާއި ޕާޓީތަކުގެ އިސްވެރިންނާއި އާއްމު މެންބަރުން އަދި ރައްޔިތުން އެބަތިބި. ފަހަރަކު މީހަކު ހައްޔަރު ކުރެވިދާނެ. ނަމަވެސް އެންމެން މިތިބީ. ހުރިހާ ލީޑަރުން ގެންދިޔަ ނަމަވެސް ދެން މިމަސައްކަތެއް ނުހުއްޓޭނެ،" ފާރިސް ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބުރާސްފަތި ދުވަހުގެ ރޭ، ފުލުހުން ހައްޔަރު ކުރީ، އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ކަމުގައިވާ، މ. މާފަންނުވިލާގައި ހުންނަވަނިކޮށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު ހަވީރު 5:30 ގައި ނެރުއްވާފައިވާ އަމުރަކާ ގުޅިގެން މިރޭ 20.00 އެހާއިރުއެވެ.

އަމުރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާ ގުޅިގެން ރިޝްވަތު ދޭން މަސައްކަތް ކޮށްފައިވާތީ އާއި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކާ ދެކޮޅަށް ހުށަހަޅާފައިވާ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އާއި، ސާލަމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އާއި، ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް ބާރު ލިބޭ ފަދަ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ ކަމަށެވެ.

ގާސިމް ހައްޔަރު ކުރީ އެމަނިކުފާނު ދާދިއަވަހަށް ހައްޔަރުކުކޮށްފާނެ ކަމަށް ބުދަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު