Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސީހުގެ އިތުބާރުނެތް

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ކުރިން ފުޅާ ދާއިރާއެއްގައި ޕީޕީއެމަށް އެހީތެރިވި މުހައްމަދު ހާލިދު ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 މާރިޗު 2017 | ހޮނިހިރު 12:29
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

"ހަކުރާފިޔާގެ ސޭޓޭ" ބުނުމުން ކުޑަކޮށް ވިސްނާލަން ޖެހުނެވެ. ނަވެސް އިސާހިތަކުން އެކިޔާ އެއްޗެއް ފަހުމުވެއްޖެ އެވެ. ހަކުރާފިޔާއަކީ މިހާރު ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަ އިދާރާއަށް ކުރިން ކީ ނަމަވެ. ސޭޓް ބުނުމުން އެނގެނީ އެތަނުގެ ވެރިޔާކަމެވެ.

އެހެންކަމުން ފުވައްމުލަކު ރައްޔިތުން އެބުނާ "ހަކުރާފިޔާގެ ސޭޓް" ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރަށް ހުދު އެމަނިކުފާނު ވެސް ނިސްބަތްވާ ރަށުގެ ބައެއް ރައްޔިތުން ބޭނުންވާ ގޮތެވެ.

އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ފުވައްމުލަކުގައި ކެމްޕެއިން ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

އެމްޑީޕީގެ މި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަށް ގެންގޮސްފައި ވަނީ ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތްތަކެވެ. އެގޮތުން އެ ހަރަކާތްތަކުގައި ފާހަގަވި އެއްކަމަކީ މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓުގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކަށް ނިސްބަތްވާ އަބްދުﷲ މަސީހުގެ އިތުރުބާރު ނެތްކަމުގެ ވޯޓަށް ފުވައްމުލަކުން ބައްދަލުވި ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބޭނުންވާ ކަމެއް ކަމުގައި ވުމެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ތާއީދުކުރާ ސަބަބުތައް ވެސް ރައްޔިތުން ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ކެއުން ބުއިމުގެ ޚަރަދު އިންތިހާއަށް މައްޗަށް ގޮސް އާއްމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތަކުން ޑަބަލް އަގު ބޮޑުވުމާއި ކަރަންޓް ބިލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް ސަރުކާރުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ވެރިންގެ މައްޗަށް ތުހުމަތު ކުރެވިފައިވުމާއި އެ ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވުފައިވާއިރު އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހަސިއްޔަތުން މަސީހު ނުކުޅެދުންތެރި ވެފައިވާ ކަމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން ދެކެއެވެ.

މިސަރުކާރު މަތިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މަތިން ފޫހިވެފައިވާ ކަމަށް މީގެ ކުރިން މިސަރުކާރަށާއި މަސީހަށް ތާއީދު ކުރައްވާ، މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ކެމްޕެއިން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައް މިހާރު ތިބީ އިދިކޮޅު އިއްތިހާދަށް ތާއީދު ކުރުމުގަ އެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރަކަށް ހުންނެވީ ވެސް މިސަރުކާރު އިންތިހާބު ކުރިއިރު ހުންނެވި ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ޖަމީލަކީ ވެސް ފުވައްމުލަކަށް ނިސްބަތްވާ ފުވައްމުލަކު ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު