Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އާޖެންޓީނާގެ ސަބްމެރިން

އާޖެންޓީނާގެ ސަބްމެރިންއެއް ގެއްލުން: ކަނޑުގެ ސިފައިންގެ ވެރިޔާ މަގާމުން ވަކިކޮށްފި

އޭއާރއޭ ސެން ހުއާން ގެއްލިފައިވަނީ 44 ފަޅުވެރިންނާއެކު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 21:46
ސަބްމެރިން ގެއްލިފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު

ސަބްމެރިން ގެއްލިފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު

ފަޅުވެރިންނާއެކު އާޖެންޓީނާގެ ސަބްމެރިންއެއް ދެކުނު އެޓްލާންޓިކް ކަނޑަށް މިދިޔަ މަހުގެ ތެރޭގައި ގެއްލުނު ހާދިސާ އަށްފަހު، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ މަގާމުން ދުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓަރ ހުކުރު ދުވަހު ވަނީ އެޑްމިރަލް މާސެލޯ ސްރުރަރ ރިޓަޔަޔ ކުރައްވާފައިވާ ކަމަށް ނިންމަވާފައެވެ.

އޭއާރއޭ ސެން ހުއާން ގެއްލިފައިވަނީ 44 ފަޅުވެރިންނާއެކުއެވެ. ސަބްމެރިން ގެއްލިފައިވަނީ ޕެޓަގޯނިއާގެ ސަރަހައްދުގައި އޮއްވައި ކަރަންޓުގެ މައްސަލައެއް ދިމާވި ކަމަށް ރިޕޯޓް ކުރުމަށްފަހު ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ސަބްމެރިން ހޯދުމަށް ހިންގި ބައިނަލްއަގްވާމީ އޮޕަރޭޝަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ގެއްލުނު ފަޅުވެރިންގެ އާއިލާތަކުން ގެންދަނީ ސަބްމެރިން ހޯދުމުގެ މަސައްކަތް ހުއްޓާނުލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ސަބްމެރިން ގެއްލުނުކަމަށް ބުނެފައިވަނިކޮށް ބާރު އަޑެއް އިވުނު ސަރަހައްދު ބައެއް ބޯޓުތަކުން މިހާރުވެސް ހޯދަމުން ގެންދެއެވެ.

އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ އަޑަކީ ސަބްމެރިން ގޮވި އަޑުކަމަށް ވެދާނެއެވެ.

އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ ވަނީ އޮޕަރޭޝަން ކުރިޔަށް ގެންދެވި ގޮތާމެދު އަމާޒުވި ފާޑުކިޔުންތަކަށްފަހު، މި ހާދިސާ ތަހުގީގުކުރެއްވުމަށް ޚާއްސަ މިނިވަން ކޮމިޝަނެއް އެކުލަވާލައްވާފައެވެ.

ޑިފެންސް މިނިސްޓަރ އޮސްކަރ އަގުއާޑް ވަނީ ދެފުށްފެންނަ ތަހުގީގެއް ކުރިޔަށް ގެންދެވުމަށް ވައުދުވެވަޑައިގެން އަދި އެކަމަށް އިމެއްނެތި ބަޖެޓް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭއާރުއޭ ސެން ހުއާން އަކީ 1983ގައި ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިންއެކެވެ.

ދިގުމިނުގައި 66 ހުންނަ މި ސަބްމެރިން އެންމެ ބާރަށް ދުއްވެނީ ގަޑިއަކު 45 ކިލޯމީޓަރަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި

އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި

25 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު