ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 18:53
ނިއުގެ އެއްބަސްވުން އާކުރި މުހައްމަދު ފައިސަލް (ކ) އަދި ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް (ވ)
ނިއުގެ އެއްބަސްވުން އާކުރި މުހައްމަދު ފައިސަލް (ކ) އަދި ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް (ވ)
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
ނިއުރޭޑިއަންޓް ސްޕޯޓްސް
ކީޕަރު ފައިސަލްގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ނިއުގެ އެއްބަސްވުން އާކޮށްފި
 
ނިއު ވަނީ މި ސީޒަނުގައި އެފްއޭކަޕް އަދި ލީގުގެ ޗެމްޕިއަންކަން ހޯދާފައި

ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ނިއުގެ އެއްބަސްވުން އާކޮށްފިއެވެ.

އަންނަ އަހަރުގެ ނިޔަލަށް ފައިސަލްގެ އިތުރުން ނިއުގެ އެއްބަސްވުން އާކޮށްފައިވަނީ އަކްރަމް އަބްދުލްގަނީ އާއި ހަސަން އަދުހަމް އާއި އަހުމަދު އަބްދުﷲ އާއި ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީއެވެ. މި ކުޅުންތެރިންގެ އިތުރުން ނިއުގެ ކޯޗު އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައިވާއިރު، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެލްޑޯ އަދި ކަންޑޭލާވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.

ނިއުގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން އެއްބަސްވެފައި ވަނީ ހަމްޒާ މުހައްމަދު، އަލީ ފާސިރު އަދި އިބްރާހިމް ރަޝީދު އެވެ.

ނިއުގެ އެއްބަސްވުން އާނުކޮށް ތިބީ އަލީ އަޝްފާގު އާއި ކީޕަރު އިމްރާން މުހައްމަދު އަދި އިބްރާހިމް ފަޒީލްއެވެ. ބެލެވޭ ގޮތުގައި މި ތިން ކުޅުންތެރިންވެސް ވަރަށް އަވަހަށް ކްލަބްގައި މަޑުކުރުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމުގެ ފުރުސަތު ނިއުއަށް ލިބިފައިވާއިރު، އެޓީމު އަންނަނީ މުޅި ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އަންނަ އަހަރު އޭއެފްސީއަށް ނިކުންނައިރު، ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ނިއު ވަނީ މި ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ އުފުލާލުމުގެ އިތުރުން އެފްއޭކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެޓީމު ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގައެއް ހޯދާފައެވެ. ނިއު އަށް މި ސީޒަނުގައި ނުލިބުނީ ހަމައެކަނި މާލޭ ލީގެ ޗެމްޕިއަންކަމެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް