Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ސަރުކާރު ކޯލިޝަނުން މިހާރު ވެސް ވަނީ ކެމްޕެއިން ފަށާފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2017 | ހޯމަ 13:25
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ގާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރުގެ ފަހު އަހަރު އިންތިހާބު އެންމެ ލަސްވެގެން ވެސް އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ. އެހެން ކަމަށް ވާ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބާކީ ދެން އޮތީ އަހަރެކެވެ. އެކަން ސަރުކާރަށް އެނގެއެވެ. ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭ އިން އަންނަނީ ވަރުގަދަ އަށް ކެމްޕެއިން ކުރަމުންނެވެ. ރަސްމީކޮށް ކެމްޕެއިން އިފްތިތާހް ނުކުރިޔަސް ފަހަކަށް އައިސް ސަރުކާރުން ބާއްވާ އިވެންޓްތަކުގެ މައިގަނޑު އަމާޒަކީ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ވިއްކުމެވެ. ނަމަވެސް އިދިކޮޅު ފަރާތްތައް އަދި އޮތީ ފުން ނިންޖެއްގައެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ކަށަވަރެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއެއްގެ ވާހަކަ އޮތް ނަމަވެސް މިހާރު ކަންކަން ހުރި ގޮތުން ޕްރައިމަރީއެއް ބޭއްވިޔަސް ނުބޭއްވިޔަސް ކަށަވަރުވާ ކަމަކީ އެ ކޯލިޝަންގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެމަނިކުފާނު ކަމެކެވެ. އެހެންކަމުން އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކޮށަންޖެހޭ މަގާއި ކުރަހަންޖެހޭ މަގުޗާޓުތަކާއި ހަދަންޖެހޭ މަންތިރިތައް ވަރަށް ބޮޑަށް ސަރުކާރު ކޯލިޝަނަށް ސާފެވެ. ސަރުކާރާއި މުޅި ކޯލިޝަންގެ އަމާޒު ވެސް ހިފާފައި ހުރީ އެކަމަށެވެ. "ދެން އަތް ޖަހާ" އާއި "ހިނި އަންނަނީ" އާއި "Y18 ސްޕޯޓްސް ފެސްޓިވަލް" އާއި "އަޅޭ" ފަދަ ނަންނަމުގައި ހިންގާ ހަރަކާތްތަކުގެ ފަހަތުގައި ވަނީ ސީދާ 2018 އަށް ރައީސް ޔާމީން ޕްރޮމޯޓްކޮށް ކެމްޕެއިން ކުރުމެވެ. ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަންތަކެއްގެ ވާހަކަ ދެކެވުނަސް ސަރުކާރުގެ އަމާޒު ހުރީ ރިޔާސީ އިންތިހާބަށެވެ.

އެކަން ވަރަށް ރަނގަޅަށް ސަރުކާރުން ދަނީ ކުރަމުންނެވެ. ކައިރި މުސްތަގުބަލެއްގައި ރަސްމީ ސިފައެއްގައި ކެމްޕެއިން ވެސް އިފްތިތާހް ކުރެވިގެންދާނެއެވެ. މިހާރު ކަންކަން ހުރި ގޮތަށް ބަލާއިރު އެ ހަފްލާ ވެގެންދާނީ މިއިން ޒަމާނެއްގައި ވެސް ރާއްޖޭގައި ނުބާއްވާހާ ކުލަ ގަދަ ހަފްލާއަކަށެވެ.

އަރުވާ ޖަހާފައި ސަރުކާރުން 2018 އަށް ކެމްޕެއިން ކުރަމުންދާއިރު އިދިކޮޅު ފަރާތްތަކަށް އަދި ކަހާތަން ހިރުވާލާހެން ވެސް ހީނުވެއެވެ. އެމްޑީޕީގެ ހަމައެކަނި ޗޮއިސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީން ކިތަންމެ ވަރަކަށް ދައްކަން އުޅުނެއް ކަމަކު އިދިކޮޅި ކޯލިޝަންގެ ތެރެއިން އެކަމާ މެދު އެއްގަލަކަށް އެރޭނެކަމާ މެދު މާ ބޮޑު އުންމީދެއް ނެތެވެ. އެކަމާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކާ ސުވާލުކޮށްލުމުން "ތިޔައީ އަދި މާ ފަހުގެ ކަމެއް ނޫންހޭ" ބުނަނީ ހަގީގަތުގައި ވެސް އެކަމާ މެދު އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މަޝްވަރާކުރަން ވެސް ބިރު ގަންނާތީއެވެ. މައިގަނޑު ސަބަބަކީ މިފަދަ ދަނޑިވަޅެއްގައި ކޯލިޝަންގެ ތެރޭގައި ކުންޏެއް ޖެހިދާނެތީއެވެ. ބައިބައިވުމެއް އުފެދިދާނެތީއެވެ. ސަރުކާރާ ދެކޮޅުގައި އޮތީ އެކި ކުލައިގެ އެކި ވިސްނުމުގެ ފަރާތްތަކެވެ. އެއްކޮޅަށް އަރައި ތިބީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައެވެ. އަނިޔާވެރިކަމާ ދެކޮޅުގެ ނަމުގައެވެ. އެހެންކަމުން ރިޔާސީ ކެނޑިޑޭޓަކާ މެދު ސުވާލެއް ކުރަން ވެސް އެފަރާތްތައް ޖެހިލުންވެއެވެ.

ރިޔާސީ ކެންޑިޑޭޓެއްގެ ބަހުސް އިދިކޮޅު ފަރާތްތަކަށް ނުކޮށް ވާހަކަށް ނެތެވެ. ސަރުކާރަށް ބަދަލެއް އަތުވޭތޯ ނުވަތަ މި ސަރުކާރު ބަދަލުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތުގައި މިހާތަނަށް ލިބުނު މާބޮޑު ކާމިޔާބީއެއް ފެންނާކަށް ނެތެވެ. އިދިކޮޅުން ކުޅޭ ކޮންމެ ކުޅިއަކަށް ގާނޫނުގެ ތެރެއިންނާއި ގާނޫނުގެ ބޭރުން ވިޔަސް ސަރުކާރުން ހަ ކުޅި ކުރިއަށް އެބަ ކުޅެއެވެ. ނުވަތަ އިދިކޮޅުން ރާވާ ކޮންމެ ރޭވުމެއް ސަރުކާރުން އެބަ ފެއިލް ކޮށްލައެވެ. މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް އެކަމުން ވެސް ސަރުކާރަށް ލިބުނު ދެރައެއް ނެތެވެ. މި ގޮތުގައި އޮވެ ދައުރު ނިންމާނެކަމުގެ ކަށަވަރު ޔަގީންކަން ސަރުކާރުން އެދަނީ ދެމުންނެވެ. ފެންނަ މަންޒަރުތަކުން ވެސް އެކަން ޔަގީންވެއެވެ.

އިދިކޮޅު ފަރާތްތަކަށް ވެސް އޮތް ހަމައެކަނި ޗޮއިސްއަކީ ރިޔާސީ އިންތިހާބުގައި ވޯޓުން ތަޅާ ސަރުކާރު ބަލި ކުރުމެވެ. އެހެންކަމަށްވާ ނަމަ އެކަމަށްޓަކައި ސަރުކާރެކޭ އެއްގޮތަށް އިދިކޮޅުން ވެސް އެބަ ތައްޔާރުވާންޖެހެއެވެ. ރިޔާސީ ކެނޑިޑޭޓެއްގެ ވާހަކަ ދައްކަން އެބަޖެހެއެވެ. ދެން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާ ނަމަ ވާދަކުރެވޭނެ މަގަކީ ކޮބައިތޯ ސަޕޯޓަރުންނަށް ވެސް ވިސްނައިދޭން އެބަޖެހެއެވެ. އެހެން ނޫން ނަމަ ސަރުކާރު ހިންގާ ކޯލިޝަނުން އެބުނާ ގޮތަށް 2018ގައި ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން ކަމަށް ވުން ވަރަށް ކައިރިއެވެ. އެއީ އިދިކޮޅަށް އަރާނެ ކެނޑިޑޭޓެއް ކަނޑަނޭޅި އުޅެނިކޮށް ވޯޓު ކަރުދާސްކޮޅުގައި ހަމައެކަނި ރައީސް ޔާމީނާއި ރަނިން މޭޓްގެ ނަން އޮވެ އިންތިޚާބު ބޭއްވުމެވެ. އޭރު ހަމައެކަނި ރައްޔިތުންނަށް ވެސް އޮންނާނެ ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު