Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަމީތާއި ލަތީފުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް

ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ދެ މެމްބަރުންވެސް ޕާޓީން ވަކިވެފައިވާ ކަމަށް ވަކީލުން ފާހަގަ ކުރެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2017 | އާދީއްތަ 13:22
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމާފައިވާ ހަތަރު މެމްބަރުން

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމާފައިވާ ހަތަރު މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އާދިއްތަ ދުވަހު ބޭއްވި ޝަރީއަތަށް ފަހު މައްސަލާގެ އަޑުއެހުންތައް ނިންމާލުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ދެން އޮންނާނީ މައްސަލާގައި ހުކުމް ކަމަށް ވިދާޅުވެފަ އެވެ. މި މެމްބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ގެންގޮސްފައިވަނީ ވަކި ވަކިންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ހިސާން ވިދާޅުވީ ލަތީފް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށްވާއިރު ސިޔާސީ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ކުރިމަތިލައިގެން ހޮވޭ މެމްބަރުން ފަހުން ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ހުކުމުން އޭނާއަށް އަސަރު ނުކުރާނެ ކަމަށެވެ.

ނަމަވެސް ބަންޑާރަ ނައިބުގެ ފަރާތުން ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ޕާޓީ ބަދަލު ކުރުން ނިމުކަކަށް ގެނެސްފައިވާއިރު އެ ހުކުމަށް ފަހު މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.

ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމް އިން ވަކިވުމަށް ލަތީފް އެ ޕާޓީއަށް ސިޓީ ހުށަހަޅާފައިވާއިރު ޕީޕީއެމް އިން އެކަން އިލެކްޝަނަށް ނޭނގުމުން އަމިއްލައަށް ވެސް އިލެކްޝަނަށް އެކަން އަންގާ ޕާޓީގެ ދަފްތަރުން ވަކިކޮށްދޭން ހުށަހަޅާފައިވާކަން ހިސާން ވަނީ ކޯޓުގައި ފާހަގަ ކޮށްފަ އެވެ. އަދި ޕާޓީގެ ދަފުތަރުން އެ ނަން އުނި ނުކޮށް އޮތީ ކީއްވެ ކަމެއް އިލެކްޝަންސް ކޮމިޝަނަށް ކޯޓުގައި ބުނެ ނުދެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޕާޓީން ލަތީފު ވަކިވާން ހުށަހަޅާފައިވާ ވަނިކޮށް އެކަން ނުކޮށް އޮވެފައި ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޕީޕީއެމް އިން އެދުމާއެކު ލަތީފު ޕާޓީން ވަކިކުރަން ވަގުތުތަކެއްވެސް ނުނެގިއިރު އެކަމުގެ ސަބަބެއް ވެސް ދައުލަތައް ބުނެ ނުދެވޭ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އަމީތު ވެސް ޕީޕީއެމް އިން ވަކިކޮށް އެކަން އޭނާއަށް އަންގާފައިވާކަން ހިސާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ސުލޫކީ ކޮމެޓީގެ ނިންމުން އިސްތިއުނާފު ކުރަން އޮތް މުއްދަތު ހަމަވިއިރު އިސްތިއުނާފު ނުކުރުމުން ޕާޓީން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައިވެސްވާ ކަމަށް އަމީތުވެސް ކޯޓުގައި ފާހަގަ ކުރި އެވެ. އެ ވާހަކަތަކަށް ރައްދުދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ އަމީތު ޕާޓީން ވަކި ކުރުމަށް ނިންމާފައިވާ ނިންމުން ޕާޓީން އަމިއްލައަށް އިސްތިއުނާފަށް ހުށަހަޅާ އެ މައްސަލަ ބަލަން ފެށި ކަމަށާއި މައްސަލަ އިސްތިއުނާފު ކުރުމަކީ ހަމައެކަނި މައްސަލަ ރައްދުވާ ފަރާތަށްއޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޕީޕީއެމް އިން އޭނާ ވަކި ކުރުމަށް ނިންމާ އިލެކްޝަނަށް އެންގީ އޭނާގެ އެހެން މައްސަލަ ބެލުމަށް ފަހު ވަކިކުރުމަށް ނިންމުމުން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކޮށްފައިނުވާ ނުވާކަމަށް ލަތީފާއި އަމީތުގެ މައްސަލާގައި ވެސް ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެވެ. އަދި އަމީތާއި ލަތީފުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ރިއްފަތު ވަނީ އިލެކްޝަނުން މެމްބަރުން ވަކި ކުރުމުގައި އަމަލު ކޮށްފައިވަނީ ގާނޫނާ ގަވައިދާ އެއްގޮތައް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ޕާޓީން މެމްބަރަކު ވަކިވުމުގައި ބަލަން ޖެހޭނީ އެމީހަކު ނިސްބަތްވާ ޕާޓީގެ އަސާސީ ގަވަދާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ އެއްޗަކަށްކަން ފާހަގަ ކުރައްވާ ހިސާން ވިދާޅުވީ ޕާޓީން ވަކިވުމަށް ސިޓީ ހުށަހެޅުމާއެކު އެ މެމްބަރަކު ޕާޓީން ވަކިވާނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަކީލުން ވިދާޅުވަމުން ގެންދެވީ މީހަކު ޕާޓީން ވަކިވި ކަމަށް ބެލެވޭނީ އިލެކްޝަނުގެ ދަފުތަރުން އުނިކުރުމުން ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު