Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ސިއްހީ ހާލަތު

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 31 މެއި 2017 | ބުދަ 13:29
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ ބުދަ ދުވަހު އެޗްއާރްސީއެމް އަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްޚީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ ޖެހިފައިވުން ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އަދީބުގެ އަނބިކަނބަލުންގެ ސިޓީގައި ވަނީ އެ ބަލިތަކާ ގުޅިގެން، އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލުކަމަށް އެކަންކަން ގެނެސްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ސިޓީގައިވާގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޚީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާކުރެވޭ ކަންތައްތަކެއް ނޫނެވެ. ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

ރާއްޖެއިން ފަރުވާ ނުކުރެވޭ ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާކުރުމަކީ ކޮންމެ ގައިދީއަކަށް ވެސް ދެމުންދާ ހައްގެއްކަން ފާހަގަކޮށް ސިޓީގައި ބުނެފައި ވަނީ އަދީބަށް އެ ހައްގު ނުދީ ހިފަހެއްޓުމަކީ ތަފާތުކުރުން ކަމަށާއި، އަދި އެއީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ޓޯޗަރގެ އަމަލެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.

"ގާނޫނު އަސާސީ އިންނާއި، ގާނޫނުން ލިބިދޭ ހައްގުތައް ލިބޭނޭ އިންތިޒާމް ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސަވައި ދެއްވަމުން ގެންދަވާކަން ކަށަވަރުކުރުމަކީ ތިޔަ ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތަކަށްވާތީ މި މައްސަލަ ބައްލަވައި މިކަމުގައި ތިޔަ ކޮމިޝަނަށް އެޅުއްވެން އޮތް ފިޔަވަޅެއް އަޅުއްވައި ދެއްވުން އެދެމެވެ." ސިޓީގައި ބުނެފައިވެ އެވެ.

ބޭސްފަރުވާ ކުރުމަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އެދި އާއިލާއިން ވަނީ ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދޭނެ ފަރާތެއް މިހާރު ވަނީ އޮޅުމެއްގެ ތެރޭގަ އެވެ.

އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އެ ހުކުމްތައް ތަންފީޒް ކުރައްވަމުން ގެންދެވީ މާފުށީ ޖަލުގަ އެވެ. ނަމަވެސް، މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ފުލުހުން ބެލުމުގެ ދަށަށް އަދީބު ބަދަލުކޮށް، ދޫނިދޫގައި ވަނީ ބަންދުކޮށްފަ އެވެ.

ކަރެކްޝަނުން ބުނަމުންދަނީ އަދީބަށް އެފަދަ ހުއްދައެއް ދިނުމުގެ އިހުތިސާސެއް އެ މުއައްސަސާއަށް ނެތް ކަމަށާއި ހުއްދަ ދޭނީ ފުލުހުން ކަމަށެވެ. ނަމަވެސް، ފުލުހުން ބުނަމުންދަނީ އަދީބަކީ ހުކުމް ތަންފީޒް ކުރަމުންދާ ބޭފުޅަކަށް ވާތީ އެ ހުއްދަ ދޭނީ ކަރެކްޝަނުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު