Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުއްޖެއްގެ ހިތް ބޭރުގައި

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

އެކްޓޯޕިއާ ކޯޑިސް ދިމާވަނީ ދުނިޔޭގެ 126،000 އިން އެއް ކުއްޖަކަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 މެއި 2017 | ހުކުރު 17:02
އުފަންވި އިރު ހިތް ބޭރަށް ނުކުމެފައިވާ ކުޑަކުއްޖާ

އުފަންވި އިރު ހިތް ބޭރަށް ނުކުމެފައިވާ ކުޑަކުއްޖާ

ގދ. މަޑަވެލީ އައިޝަތު ޝާހީ މުހައްމަދާއި މުއުމިން ޔޫސުފް އެ މީހުންގެ އަލަތު ދަރިފުޅަށްޓަކައި ފޮނި އުންމީދުތަކެއް ކުރިއެވެ. ރަށުން އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބެތީވެ، ފިރިމީހާ އާއި މައިންބަފައިންގެ އެދުމުގެ މަތިން ޝާހީ މާލެ އައީ ބަނޑަށް ހަތް މަހުގަ އެވެ.

މާލެ އައުމުގެ ކުރިން ފަރުވާ ހޯދަމުން ދިޔައީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ. އުމުރުން 21 އަހަރުގެ ޝާހީބަލިވެއިނުމުން ގަވައިދުން ޑޮކްޓަރަށް ދައްކަމުން ދިޔައެވެ. ތިނަދޫގައި ދެއްކި ޑޮކްޓަރުން ވެސް، އަދި މާލެ އައިސް، އައިޖީއެމްއެޗުން ދެއްކި ޑޮކްޓަރުން ވެސް، ޝާހީގެ ބަނޑުގައި އޮތް ދަރިފުޅުގެ ސިއްހީ މައްސަލައެއް ހުރި ކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެން ކަމުން ދެމަފިރިން ވެސް ތިބީ ވަރަށް އުފަލުންނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދަރިފުޅު އުފަންވާނެ ކަމުގެ އިންޒާރުގައެވެ.

ވިހެއުމަށް ދީފައިވާ ދުވަސް ގާތްވަމުން އައުމާއެކު، ޝާހީ އާއި މުއިމިން ވެސް ދިޔައީ ހިތް އަވަސްވަމުންނެވެ. ތިބީ އުފަލުން ކެތް މަދުވެފަ އެވެ. އެ ދެމަފިރިންގެ އުފާވެރި ހުވަފެން ހަގީގަތަކަށްވީ، މެއި 10 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގައި ޝާހީ ވިހައިފި އެވެ. ނަމަވެސް އެ ދެމަފިރިންނަށް ލިބުނީ ޝޮކެކެވެ. އަލަތު ދަރިފުޅު އޮތް ހާލަތު ފެނިފައި މުއުމިން އަށް ކެތެއް ނުކުރެވުނެވެ. ކުރިން ލަފާ ވެސް ކުރެވިފައި ނުވާ ކަމެއް މެދުވެރިވުމުން ދެމަފިރިން ވެސް ގަނޑުވި ކަހަލައެވެ. ހަރަކާތް ހުއްޓުނެވެ. ލޭބާ ރޫމު ތެރެއަށް ހޭނެތިގެން ވެއްޓުނެވެ. ވާނީ ވެސް އެހެންނެވެ. ދަރިފުޅުގެ ހިތް އޮތީ ހަށިގަނޑުން ބޭރުގައި، ވިންދު ޖަހާލަ ޖަހާލަ އެވެ. އެ މަންޒަރު ފެނުމުން ޝާހީގެ މަންމަ، ޝަރީފާ މޫސާ ވެސް ހޭނެތިގެން ވެއްޓުނެވެ. ލޯބިލޯބި އެ އަންހެން ކުއްޖާއަށް ލޯބިކޮށްލަން ވެސް ނުކެރުނެވެ. ހާމައަށް ހިތް ފެންނަން އޮތް އިރު އެ ހިތް އޮތީ ތެޅިތެޅިއެވެ.

އާއިލާއިން ބުނާ ގޮތުގައި ކުއްޖާ ބަނޑުގައި އޮތްއިރު ލިބެން އުޅެނީ ކޮން ޖިންސެއްގެ ކުއްޖެއްކަން ޑޮކްޓަރަށް ބުނެދޭން އެނގޭއިރު، އެ ކުއްޖާގެ އެކަހަލަ މައްސަލައެއް އުޅޭކަމެއް ޑޮކްޓަރުންނަށް ނޭނގެންވީ ސަބަބެއް ނެތެވެ. އާންމު ގޮތެއްގައި ހިތުގެ ނާރުތަކަށް ދިމާވެފައި ހުންނަ މައްސަލަތައް ވެސް އެކޯ ފަދަ ޓެސްޓްތަކާއި ސްކޭންތަކުން ދެނެގަނެވެއެވެ. އެހެން ކަމުން އެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ކުއްޖާގެ ހިތް ބޭރުގައި އޮތް އިރު އެކަން ޑޮކްޓަރުންނަށް ފާހަގަނުކުރެވުމުގައި ޑޮކްޓަރުންގެ އިހްމާލު ބޮޑެވެ.

މިފަދަ މައްސަލަތަކަށް ރާއްޖެއިން ފަރުވާއެއް ނުދެވޭތީ، މެއި 16 ވަނަ ދުވަހު، އާސަންދައިގެ އެހީގައި ޝާހީ އާއި ތުއްތު ކުއްޖާ ވަނީ ކޮޗިން އަށް ފުރާފައެވެ. ހިތުގެ ބަލިތަކާއި ބޮޑެތި އޮޕަރޭޝަންތައް ކުރުމުގައި މަޝްހޫރު ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްގެ އައިސީޔޫގައި އެ ކުއްޖާއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އާސަންދަ ލިބިފައި ވިޔަސް، ޝާހީ އާއި މުއުމިންގެ އަދި އެ އާއިލާގެ ވެސް ކަންބޮޑުވުން ފިލައެއް ނުދެ އެވެ. އެއީ މާލީ ގޮތުން ތަނަވަސް އާއިލާއަކަށް ނުވުމާއެކު، އިންޑިއާގައި ކުރަންޖެހޭ އެހެން ކަންކަމަށް ވެސް މާލީ ގޮތުން ފުދުންތެރި ކަމެއް ނެތުމުންނެވެ. އަދި ވިހެއުމުގެ ކުރިން ދަރިފުޅުގެ ހާލަތާ ބެހޭ ގޮތުން ޑޮކްޓަރުން އެއްވެސް އިންޒާރެއް ދީފައި ނުވާތީ އެދަމަފިރިން ވެސް މިވަރުގެ ބޮޑު ކަމަކަށް ތައްޔާރުވެފައެއް ނުވެއެވެ.

ހެޔޮ އެދޭ ބައެއް ފަރާތްތަކުން އެހީ ދީފައި ވިޔަސް، ފަރުވާ ހޯދުމުގައި ކޮޗިންގައި ތިބެންޖެހޭނެ ދުވަހެއް ނޭނގެ އެވެ. އެހެންވެ، އެ އާއިލާއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ޝާހީގެ މަންމަ ޝަރީފާ ބުންޏެވެ.

ޝާހީ އާއި މުއުމިންގެ އުއްމީދަކީ އެ ދެމަފިރިންގެ ހިތްފަދަ ދަރިފުޅުގެ ހިތުގެ އުނިކަން އަވަސް ޝިފާއެއް ލިބުމެވެ.

މިއީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އެކްޓޯޕިއާ ކޯޑިސް (އުފަންވާއިރު ހިތް ބޭރަށް ހުރުން) ދިމާވަނީ ޖެނެޓިކް މައްސަލައަކުންނެވެ. އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގައި އުފަންވި މިފަދަ ފުރަތަމަ ކުއްޖާ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެކްޓޯޕިއާ ކޯޑިސް ދިމާވަނީ ދުނިޔޭގެ 126،000 އިން އެއް ކުއްޖަކަށެވެ. ކުއްޖާ ބަނޑުގައި ގަރުބަގަންނަން ފަށާތާ 10 ނުވަތަ 11 ހަފްތާ ތެރޭގައި އަލްޓްރާސައުންޑް މެދުވެރިކޮށް، ބަނޑުގައި އޮންނަ ކުއްޖާގެ އައިބެއް ހުންނަކަން ދެނެގަނެވެއެވެ.

މި ކަމަށް ދެވޭނެ މާބޮޑު ފަރުވާއެއް އަދި ހޯދިފައި ނުވާއިރު އޭގެ ކުޑަބޮޑުމިނަށް ބެލުމަށް ފަހު ފުރާނައަށް ގެއްލުން ނުވާނެ ކަމަށް ޔަގީން ކުރެވޭ ހާލަތްތަކުގައި ސާޖަރީ ހަދާފައި އެބަހުއްޓެވެ. ޝާހީގެ ދަމަފރިންގެ އުންމީދަކީ ވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު އެދެމަފިރިންގެ ލޯބިލޯވި އަލަތު ދަރިފުޅަށް ރަނގަޅު ސިއްހަތެއް ލިބުމެވެ. އެކަމުގައި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއި ދުއާ އެ މީހުންނަށް މިވަގުތު ވަރަށްމުހިންމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު