19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ވީޑިއޯ



މަޖިލިސް 2017 - އީވާ އަބްދުﷲ

2017-02-08 01:24

1420

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން އިންތިޚާބަކަށް ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފި ކަމަށެވެ. އެމްޑީޕީން ކެމްޕެއިން ކުރާ ގޮތަކީ ދޮރުން ދޮރަށް ހިނގައިގެން ކަމަށްވާނަމަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ދޮރުން ދޮރަށް ގޮސް އިނދިކޮޅަށް ވޯޓުލާންވީ މީހުން ނެރެގެން ދޫނިދޫ ދޮރުން އެތެރެކޮށްލަނީ ކަމަށް އީވާ ވިދާޅުވިއެވެ. އެމްޑީޕީން މެނިފެސްޓޯއެއް ތައްޔާރުކުރަނީ އޭ ބުނެފި ނަމަ ރައީސް ޔާމީން ކުރައްވާ ކަމަކީ އިނދިކޮޅު މީހުންނަށް ދައުވާތައް ތައްޔާރުކޮށްލަނީ ކަމަށްވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ އެމްޑީޕީން ޖަލްސާއެއް ބާއްވަން އުޅެފިނަމަ ރައީސް ޔާމީން ކުރައްވާ ކަމަކީ އިނދިކޮޅު ލީޑަރުންނަށް ޝަރީއަތްތައް ފަށަނީ ކަމަށެވެ.