17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ވީޑިއޯގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - 17.10.2017

2017-10-17 23:40

1042

އެއަރޕޯރޓުގެ ޓަރމިނަލް އެޅުމަށް އަބޫދާބީ ފަންޑުން ލޯނު ހޯދުމުގެ އެއްބަސްވުމުގައި ސޮއެކުރުމާއި ގުޅޭގޮތުން އަންގާރަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ލޯނުގެ މައްޗަށް ލޯނު ނަގައި، ކުރިއަށް އޮތް އެތައް ޖީލެއްވެސް ދަރަނިވެރިވެފައިވާކަމަށެވެ. އަމީތު ވިދާޅުވީ ލޯނުތައް ނެގުމަކީ ހުރިހާ ސަރުކާރަކުންވެސް ކުރާ ކަމެއްކަމަށާއި، އެހެން ނަމަވެސް އެކަމުގައި ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ނޭނގުމަކީ މައްސަލައެއްކަމަށެވެ. އެގޮތުން ލޯނަށް ފައިނޭންސް ކުރާނެގޮތާއި، ލޯނު ދެއްކުމުގެ ކެޕޭސިޓީ ހުރިވަރު އެނގޭނެ އުޞޫލުތަކެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.