14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ވީޑިއޯ



މީހުން - ހުނަރުވެރި ކުރެހުންތެރިއެއް ނައުޝާދު ވަހީދު

2017-01-30 17:10

2156

ނައުޝާދު ވަހީދަކީ ކުރެހުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހުނަރުވެރި މޫނެކެއެވެ. ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކުގެ އެއްބަނޑު  އެއްބަފާ ކޮއްކޮ ނައުޝާދު ވަހީދު ދިރިއުޅުއްވަނި ރާޢްޖެއިން ބޭރުގައެވެ. ނައުޝާދު ވިދާޅުވީ އާޓަކީ ހިތަށް އަންނަ ނުވަތަ ޚިޔާލަށް އަންނަ އެއްޗެހިތައް ބޭރުކޮށްލުން ކަމަށެވެ. ނައުޝާދު ވިދާޅުވާ ގޮތުންނަމަ އެ ޚިޔާލު ދޫކޮށްލެވެނީ ކެންވަސް ގަނޑަކަށް ކަމަށްވެސް ވެދާނެއެވެ. ކުރެހުން ރާާއްޖޭގައި ކުރިއަށްދާނީ ޚިޔާލު ފާޅުކުމުގެ މިނިވަންކަމަކީ  އިންސާނީއްޔަތު ތެރޭގައި އޮތް އެއްޗެއްކަން ގަބޫލުކޮށްގެން އެ އެއްޗެހީގެ ބޭނުން އަމިއްލަ އަށް ކުރުމުން ކަމަށެއެވެ. ނައުޝާދު ދެކެން ބޭނުންވާ ދުވަހަކީ  ބަޔަކު އިސްނަގައިގެން ނުކުމެ ރާއްޖޭގައި ކުރެހުމުގެ ހުނަރު ދަސްކޮށްދޭ އިންސްޓިއުޓެއް ގާއިމުކުރުމެއެވެ.