18 އޭޕުރިލް 2019 | ބުރާސްފަތި | 12 އައްސިދަ
11 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:58
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ވީޑިއޯ



މެމްބަރުންގެ ގޮނޑީގެ މައްސަލަ - ޤާނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތުދެއްވުން

2017-08-13 22:46

5481

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ. ސައުދުއާއި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ އެ ދެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ދައްކަން ހުރި އެންމެ ފަހުގެ ވާހަކަތައް ދައްކާ ވަނީ ނިންމާލާފަ އެވެ. މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާނު ކުރެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް، ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.