18 އޭޕުރިލް 2019 | ބުރާސްފަތި | 12 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ވީޑިއޯމެމްބަރުންގެ ގޮނޑީގެ މައްސަލަ - ޤާނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތުދެއްވުން

2017-08-13 21:06

4444

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ. އާދިއްތަ ދުވަހު ބޭއްވި ޝަރީއަތަށް ފަހު މައްސަލާގެ އަޑުއެހުންތައް ނިންމާލުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ދެން އޮންނާނީ މައްސަލާގައި ހުކުމް ކަމަށް ވިދާޅުވެފަ އެވެ. މި މެމްބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ގެންގޮސްފައިވަނީ ވަކި ވަކިންނެވެ. ޝަރީއަތުގެ މަޖިލީހުގައި ހިސާން ވިދާޅުވީ ލަތީފް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށްވާއިރު ސިޔާސީ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ކުރިމަތިލައިގެން ހޮވޭ މެމްބަރުން ފަހުން ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ހުކުމުން އޭނާއަށް އަސަރު ނުކުރާނެ ކަމަށެވެ.