21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

ވީޑިއޯރައްޔިތުންގެ ބަދަލު - އެއްވުމުގައި މެމްބަރު އަލީ ނިޒާރު ދެއްކެވި ވާހަކަ (11.08.2017)

2017-08-12 02:09

1228

"ރައްޔިތުންގެ ބަދަލު" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މިއަދު ދިވެހި ރާއްޖެ ސިފަކުރެވެނީ ޖަލެއްގެ ގޮތުގައެވެ. ގާނޫނު އަސާސީން ރައްޔިތުންނަން ލިބިދީފައިވާ ހައްގުތައް ރައީސް ޔާމީންގެ ސަރުކާރުން ނިގުޅާއިގަތުމުން، މިނިވަންކަމެއް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން ހައްގުތައް ކަށަވަރު ކުރުމަށް، ބާރުތައް ވަކިކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް ޖަލަށް ދާން ޖެހިއްޖެނަމަ އެކަން ކޮށްގެން ގެއްލިފައިވާ މިނިވަންކަން އަބުރާ ހޯދަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.