17 އޮކްޓޯބަރ 2017 | އަންގާރަ | 1 ހެއި

ވީޑިއޯ



ރައްޔިތުންގެ ބަދަލު - އެއްވުމުގައި އަލީ ޒާހިރު ދެއްކެވި ވާހަކަ (11.08.2017)

2017-08-12 02:02

617

ހުކުރު ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ރައްޔިތުންގެ ބަދަލު" ނަމުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ދިވެހި ރައްޔިތުން ޤާނޫނު އަސާސީގެ ދިފާއުގައި އަޑު އުފުލަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ރައުސުމާލުން މިލިއަނުން ބިލިއަނުން ވައްކަން ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި މިކަހަލަ ކަންތައްތަކާއި ދެކޮޅަށް ރައްޔިތުން އަޑު އުފުލުން ހުއްޓާ ނުލާނެ ކަމަށް ވިދާޅުވިއެވެ. ސުލްހަވެރިކަމާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖުތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ މިއަދު ރަސްފަންނުގައި ބޭއްވުނު ހަރަކާތެއްގެ ސަލާމަތީ ކަންތައްތައް ފުލުހުން ފަޙްރުވެރިކަމާއިއެކު ބެލެހެއްޓި ވާހަކަ ޓުވީޓު ކުރައްވާފައިވާ ކަމަށާއި ހަމަ އެފަދައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.