21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

ވީޑިއޯރައްޔިތުންގެ ބަދަލު - އެއްވުމުގައި މެމްބަރު ހުސެއިން އަރީފް ދެއްކެވި ވާހަކަ (11.08.2017)

2017-08-12 02:01

1138

އަރީފް ވިދާޅުވީ ކުރަމުންދާ މަސައްކަތަކީ އިސްލާހީ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ކުރަނީ ކާފަ ދަރިންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ގައުމު މި އޮތް ގޮތަށް ކާފަދަރިންނާއި ހަމައަށް ގެންދިޔުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ކުރެވޭ މަސައްކަތުން ނަތީޖާއެއް ނުލިބި މިގައުމު ކާފަ ދަރިންނާއި ހަމައަށް ގޮސްފިނަމަ ތެދުބަހުން އަރީފަށް ކުރެވުނު މަސައްކަތް ކާފަދަރިންނަށް ކިޔައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ރައްޔިތުންނަށް ލިބެމުންދަނީ އަނިޔާ އާ ބޭއިންސާފު ކަމަށް ވެސް އަރީފް ވިދާޅުވިއެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި އަރީފް ވިދާޅުވީ އެމަނިކުފާނަށް މިހާރު ޖެހިވަޑައިގެންފައިވާ ހާލުކޮޅަކީ " ބޮކަށް" ޖެހުނު ހާލުކަމަށެވެ. އަދި ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީގެއްލި މެންބަރުންކޮޅު ގެއްލުމުން ކަމެއް ވެއްޖެ ކަން އެނގިވަޑައިގެންފި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް އަރީފް ވިދާޅުވީ އިސްލާހީ މަސައްކަތުގެ އެންމެ ކުރިޔަށް ބޮޑުތިލަދުންމަތި ނިކުންނާނެ ކަމަށެވެ.