17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ވީޑިއޯ



ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން - 01.08.2017

2017-08-02 22:53

2498

ޝާހިދު ވިދާޅުވީ މިރާއްޖޭގައި ގާނޫނު އަސާސީގެ ބާރު ކެނޑިގެން ދާ މަންޒަރު ފެނިއްޖެ ކަމަށާ އެއީ އަޅާނުލާ ތިބެންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް އަބުދުﷲ ޔާމީނަކީ މި ގާނޫނު އަސާސީ ފާސް ކުރުމަށް ވޯޓު ދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ވެރިކަން ކުރެއްވުމަށް ދަތިފުޅު ގޮތަކަށް ގާނޫނު އަސާސީ އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަންކަމަށް ބުނެ ސުވާލުކުރުމަށް އަންގާރަ ދުވަހު ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން ނުކުންނެވުމަށްފަހު ވިދާޅުވީ، އެބޭފުޅާ އެ މަޖިލީހުގައި އިންނަވަނީ މިހާރު މި އޮތް ސަރުކާރުން ހިންގާ ވައްކަމާއި ފަސާދައާއި ކޮރަޕްޝަންގެ އަމަލުތައް ގާނޫނު އަސާސީގައި ބުނާގޮތަށް ބެއްލެވުމަށް ރައްޔިތުންގެ ޚިދުމަތުގައި ކަމަށާއި، އެހެންކަމުން އެތަނަށް ވެންނެވުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ދެމި ހުންނަވާނީ އެމަސައްކަތުގައި ކަމަށާ ރައީސް ޔާމީން ކިތަންމެ ވަރަކަށް ބިރު ދެއްކެވުމަށް މަސައްކަތް ކުރެއްވިއަސް ރައްޔިތުންވެސް އަދި އެބޭފުޅުން ވެސް ތިއްބެވީ ފަހަތަށް ޖެހޭ ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ.