19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ވީޑިއޯހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

2017-08-02 22:51

2320

މިނިސްޓަރ ވިދާޅުވީ ހައްޔަރު ކުރެވިފައިވާ ފަރާތްތަކަކީ އެކިއެކި ގުރޫޕްތައް އެކުލެވޭ ގޮތުން ހައްޔަރު ކުރެވުނު ފަރާތްތަކެއް ކަމަށެވެ. އަޒްލީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރަށް މިފަދަ މާރާމާރީތަކާއި ގުރޫޕް ހަމަލާތައް ދިނުން ހުއްޓުވުމަށްޓަކއި ފުލުހުންނާ ސިފައިން ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި އެފަދަ ފަރާތްތައް ހައްޔަރު ކުރުމުގެ ފަސޭހައަކަށް ރައްޔިތުންގެ ފަރާތުންވެސް އެފަދަ ފަަރާތްތައް ތިބޭ ތަންތަން ހާމަކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ފުލުހުންނާ ސިފައިން ހަރަކާތެރިވަނީ ހަމައެކަނި ސިޔާސީ ކަންކަން ހުއްޓުވުމަށް ކަމަށް ބައެއް މީޑިޔާތަކުން މައުލޫމާތު ފަތުރާކަމަށް ވިދާޅުވެ އެކަމަށް ރައްދު ދެއްވަމުން އަޒްލީން ވިދާޅުވީ މާލޭގައި ހިންގާ މުޒާހަރާތަކާއި ސިޔާސީ ކަންކަމުގެ އިތުރުން މާރާމާރީތައް ހުއްޓުވުމަށްޓަކައި އެކުއެކީގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ޤައުމުގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތައް އިސްކަން ދެއްވާނެ ކަމަށާއި އެކަން ކުރެއްވުމަށްޓަކއި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.