24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ވީޑިއޯ



ސުޕްރީމް ކޯޓުން އެ ކަނޑުވާލީ ރައްޔިތުންގެ ބާރު، އެއީ ޤާނޫނު އަސާސީ އުވާލުމުގެ އަމުރެއް: އިބްރާ

2017-05-23 07:25

5125

ރާއްޖެޓީވީއަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި އިބުރާ ވިދާޅުވީ ވަޒީރުން އައްޔަން ކުރުމާއި ވަޒީރުން ވަކި ކުރުމަކީ ސިޔާސީ ކަމެއް ކަމަށާއި އެކަމުގައި ފަހު ބަސް ބުނަން ޖެހޭ ފަރާތަކީ ސްޕްރީމް ކޯޓު ކަމަށް ކަނޑައެޅުމުން އެއީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަށް ހުޅުވި ދޮރެއް ކަމަށެވެ. ވަޒީރުން ދެން މަގާމުން ދުރު ކުރެވޭނީ ސްޕްރީމް ކޯޓުން ރުހިގެން ކަމަށާއި ނަމަވެސް ރައްޔިތުން އިންތިހާބުކޮށްފައި ހުރި އެއްވެސް މީހަކު ސްޕްރީމް ކޯޓުގައި ނުހުންނާނެ ކަމަށް އިބުރާ ވިދާޅުވިއެވެ.