25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ވީޑިއޯ



ކައުންސިލް އިންތިހާބް - އެމްޑީޕީގެ ޖަލްސާގައި ހަސަން ލަތީފް ދެއްކެވި ވާހަކަފުޅު

2017-05-05 04:55

3056

ލާމަރުކަޒީ ރާއްޖެ ކެމްޕެއިން ނިންމާލުމުގެ ގޮތުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ ހިތާމަ އަކީ މިފަދަ މަކަރުވެރި ސަރުކާރެއް އޮތުމުން ވޯޓުލާ ނިންމާލި ކަމުގައި ވީނަމަވެސް ގެއަށް ވަދެވެން ނެތް ކަމަށާއި ވޯޓް ގުނާ، ނަތީޖާ އާއި ހަމައަށް ދެވެންދެން ހުރިހާ މެމްބަރުންވެސް މަގުމަތީގައި ތިބެން ޖެހޭ ކަމަށެވެ. ޙަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން އެމްޑީޕީގެ ތާއީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތްކަން ދައްކުވައިދީފި ކަމަށާއި ވޯޓްގެ ނަތީޖާ ދިމާ ކުރުމަކީ ހުރިހާ އެންމެން ނިކުމެ ވޯޓް ލައިގެން ކަމަށެވެ. އެހެންކަމުން ވޯޓްލާ ދުވަހު ވީ އެންމެ އަވަހަކަށް ވޯޓުލާ ނިންމަން ޖެހޭނެ ކަމަށެވެ. މިރޭ އައޑީ ކާޑު ޔުނިޓް ކަމަށްވާ، ޑީއެންއާރް ހުޅުވައިގެން ހިދުމަތް ދެމުންދާ ކަމަށާއި މިގޮތަށް ކުރަމުންދާ ކަންތައް ބަލަން ޖެހޭ ކަމަށާއި ސަރުކާރުން އެކަން ކުރާއިރު ރަނގަޅު ނިންމުމެއް ނުނިންމާނެ ކަމަށް މިހާރުވެސް ޤަބޫލުކުރެވޭ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.