23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ވީޑިއޯ



އެމްޑީޕީ، އައްޑޫ ސިޓީ، ހިތަދޫ ޖަލްސާ – ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

2017-05-03 08:21

3390

އައްޑޫ ސިޓީ، ހިތަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ނިޒާރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވީ ފާއިދާއެއް ނެތް ކަމަށާއި މި އިންތިހާބާއި ދިމާކޮށް ރައީސް ޔާމިން ވަޑައިގެންނެވި އެންމެ ރަށެއްވެސް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމިންއަށް ތާއީދު ކުރާ މީހަކަށް އައްޑޫ ސިޓީގެ ރައްޔިތުން ވޯޓް ދިނުމަކީ އެސިޓީގެ ރައްޔިތުންނަށްވާ އިހުމާލެއް ކަމަށާއި މި ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމިން ވަޑައިގެންނެވީ ރައްޔިތުންނަށް ހަޖޫ ޖަހަމުން ކަމަށް ނިޒާރު ވިދާޅުވި އެވެ. ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަކީ ރައިސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގައި އިފްތިތާޙް ކުރުމަށްފަހު 40 އިންސައްތައަށްވުރެ ބޮޑަށް މަސައްކަތް ގޮސްފައިވާ މަޝްރޫއުއެއް ކަމަށާއި އަލުން މިމަޝްރޫއު އިފްތިތާޙް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.