22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ވީޑިއޯއެމްޑީޕީން ހުޅުމީދޫގައި ބޭއްވި ޖަލްސާގައި މީދޫ ދައިރާގެ މެމްބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަފުޅު

2017-05-02 05:53

4166

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން، ރޮޒައިނާ ވިދާޅުވީ، 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އެއާއެކު އެދުވަހުގެ މުޒާހަރާގައި ބައިވެރިވި ސިޔާސީ ލީޑަރުންނަށް ތަފާތު ފިއްތުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. ރޮޒެއިނާ ވިދާޅުވީ، އެ ދުވަހުގެ މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން ޝެއިހު އިމްރާނަށް ޓެރަރިޒަމްގެ ހުކުމް އިއްވާ ޖަލަށްލާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން، އަލީ ވަހީދު ފަދަ ބޭފުޅުންނަށް ގައުމުން ބޭރަށް ދާން ޖެހުނު ކަމަށެވެ.