21 ޖެނުއަރީ 2019 | ހޯމަ | 04 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ވީޑިއޯ



ޕްރޮޖެކްޓްތައް ހަވާލުކުރާ ކުންފުނިތަކަކީ ބްލެކް ލިސްޓްކޮށްފައިވާ ކުންފުނިތަކެއް!

2017-04-23 06:46

4749

ސަރުކާރުގެ މަގާމުތަކުގެ މުސާރަ ކޮންމެ ފަހަރަކު ދެއްވަނީ ލޯނު ނަގައިގެން ކަމަށް ކުނޫޒްގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވިއެވެ. ޓީބިލް ވިއްކައިގެން ކަމަށެވެ. މަސްނިމޭއިރު ސަރުކާރުގެ އެކައުންޓްގައި މުސާރަ ދޭނެ ފައިސާއެއް ނުހުންނަ ކަމަށެވެ. ފެންނަމުން މިދަނީ އެކި ގައުމުތަކުން ލޯނު ނަންގަވައިގެން ދަރިންނާއި ދަރިންގެ ދަރިން މޯގޭޖްކޮށްފައި އެކި އެކި ކަންތައް ކުރައްވާތަން ކަމަށް މަލީހު ވިދާޅުވިއެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް އެ ފައިސާ އުނިވާކަމަށްވާނަމަ އެބޭފުޅުންގެ ގޯތި ވިއްކައިގެން ނަމަވެސް އެފައިސާ ހޯއްދަވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.