16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ވީޑިއޯ



"ބޮލުގައި އަތް ނޭޅުނުނަމަ، ބޯ ދެފަޅިވީސް"

2017-02-09 02:09

2647

ރައީސް މުހައްމަދު ނަޝީދުގެ ވެރިން ބަދަލުވުމާއި އެކު، ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު އޭނާ މަގުމައްޗަށް ނިކުތީ ދިވެހި ފުލުހުންނާއި ސިފައިން އޭގެ ކުރީ ދުވަހު ކުރީ ބަޣާވާތެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. ޙައްގު ހޯދަން މަގުމައްޗަށް ނިކުތުމުން ފުލުހުންގެ ދަނގަޑު މުގުރުން އެނާގެ ބޮލުގައި ޖަހާ ބޯފަޅާލިތާ މިއަދަށް ފަސް އަހަރު ވީއެވެ. މިއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އަނިޔާ ލިބުނު މީހުންގެ ތެރެއިން ގދ. ތިނަދޫ އަށް އުފަން އުމުރުން 59 ވަނަ އަހަރުގެ މުހައްމަދު ޒުބޭރުގެ ވާހަކަ އެވެ.