އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވުމުގެ ހާދިސާ

3 ޖޫން 2021 | ބުރާސްފަތި 12:20
-
41063
މި ބޯޓުގައި މެއި މަހުގެ 20 ވަނަ ރޯވެފައިވާއިރު ސްރީލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. މިހާރު މި ބޯޓު ވަނީ އަޑިއަށް ދާން ފަށާފައެވެ.
ކަނޑަށް ވެއްޓިފައިވާ ކޮންޓެއިނަރުތަކުން ނުރައްކާތެރި ކެމިކަލް ލަންކާގެ ކަނޑުގެ ސަރަހައްދަށް ލީކުވެ ކަނޑުގެ ދިރުމަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ލަންކާގެ ސަރުކާރުން ބުނޭ - ފޮޓޯ: ރޮއިޓާސް
ކޮންޓެއިނާ ބޯޓުން ދުން އަރަމުންދާއިރު އެ ބޯޓު އަޑިއަށް ދަނީ - ފޮޓޯ: ރޮއިޓާސް
މި ކޮންޓެއިނާ ބޯޓުގައި ރޯވިއިރު ޖުމްލަ 25 ފަޅުވެރިން ތިބި - ފޮޓޯ: ރޮއިޓާސް
އިންޑިޔާއާއި ޗައިނާއާއި ފިލިޕީންސާއި ރަޝިޔާއަށް ނިސްބަތްވާ ފަޅުވެރިން ބޯޓުގައި ރޯވިއިރު ތިބި، އިންޑިޔާގެ 2 ފަޅުވެރިން ސަލާމަތްކުރުމުގައި ލިބުނު ބޮޑެތި ޒަޚަމުތަކުގެ ސަބަބުން އެ މީހުންނަށް ފަރުވާދިނުމަށް ކޮލޮންބޯ ނެޝަނަލް ހޮސްޕިޓަލަށް ގެންދެވުނު - ފޮޓޯ: ރޮއިޓާސް
އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓު އަޑިއަށް ދަނީ - ފޮޓޯ: ރޮއިޓާސް
މި އާގުބޯޓުގައި 25 ޓަނުގެ ނައިޓްރިކް އެސިޑްގެ އިތުރުން 300 ޓަނަށްވުރެ ގިނަ އެކި ބާވަތުގެ ތެޔޮ ހުރިކަމަށް ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފައި - ފޮޓޯ: ރޮއިޓާސް
ކޮންޓޭނަރުތަކުގައި ހުރި ނުރައްކާތެރި ސާމާނު ސްރީ ލަންކާގެ ގޮނޑުދޮށްތަކަށް ލެއްގި ނަމަވެސް އެ ތަކެތި ނުނެގުމަށް މެރިން އެންވައިރަމަންޓު ޕްރޮޓެކްޝަން އޮތޯރިޓީންވަނީ ނަޞޭޙަތްތެރިވެފައި - ފޮޓޯ: ރޮއިޓާސް
އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި - ފޮޓޯ: ރޮއިޓާސް