ފަލަސްތީނު ބިރުވެރިކަމުގައި - ހިތްފަޅައިގެންދޭ

11 މެއި 2021 | އަންގާރަ 16:16
-
30609
3 މެއި 2021 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ޔަހޫދީ ސިފައިން އަންނަނީ މަސްޖިދުލް އަޤްޞާއަށް ހަމަލާދެމުންނެވެ. މި ޙަމަލާތަކުގައި އެތައްބަޔަކު މަރުވެފައިވާއިރު، އަނިޔާ ލިބުނު މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
ފަލަސްތީނު ބިރުވެރިކަމުގައި - ޔަހޫދީންގެ މި އަނިޔާވެރިކަމުގެ ތެރެއިން ހިތްދަތި އެތައް ހާދިސާތަކެއް ތަކުރާރު ވަމުންދާއިރު، ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގައި ޔަހޫދީ ސިފައިން ވަނީ އަގްސާއަށް ވަދެ އެތަނުގައި ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދީފައި - ފޮޓޯ: ދަ އިންޑިޕެންޑެންޓް
ފަލަސްތީނު ބިރުވެރިކަމުގައި - މަސްޖިދުލް އަގްސާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާފައި، މި ހަމަލާތަކަކީ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން މަސްޖިދުލް އަގްސާގެ ގޯތި ތެރެއިންނާއި ޝެއިޚްޖައްރާހުން އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފޭބުމަށް މުހުލަތެއް ދިނުމަށްފަހު ހަމާސްއިން ދިން ހަމަލާތަކެއް - ފޮޓޯ: ދަ އިންޑިޕެންޑެންޓް
ފަލަސްތީނު ބިރުވެރިކަމުގައި - އިޒްރޭލުން ހޯމަ ދުވަހުގެރޭ ގާޒާއަށް ބޮން އަޅައި 21 މީހުން ވަނީ ޝަހީދުކޮށްލާފައި - ފޮޓޯ: ދަ އިންޑިޕެންޑެންޓް
ފަލަސްތީނު ބިރުވެރިކަމުގައި - އިސްރާއީލްގެ ސުޕްރީމްކޯޓުގެ އަމުރާއެކު އަވަށުގެ މަސްރަހު ވަނީ ވަރަށް ހޫނުވެފައި، ކޯޓު އަމުރުގެ ދަށުން އަމިއްލަ ގޯތި ގެދޮރުން ގަދަބާރުން ނެރެލުމަށް ޔަހޫދީން ހިންގާ ހަރަކާތްތަކާ ދެކޮޅަށް ފަލަސްތީނުގެ އެކްޓިވިސްޓުން ގެންދަނީ ކެނޑިނޭޅި މުޒާހަރާ ކުރަމުން، ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރުކުރުމުގައި އިސްރާއީލުގެ ފުލުހުން ގެންދަނީ އެމީހުންގެ އަނިޔާވެރިކަން ދައްކަމުން - ފޮޓޯ: ގެޓީ އިމޭޖް
ފަލަސްތީނު ބިރުވެރިކަމުގައި - އަޤްޞާ މިސްކިތު ގޯތި ތެރޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި 163 މީހަކަށް އަނިޔާވެ 23 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފަލަސްތީނުގެ އޮފިޝަލުން ވަނީ ބުނެފައި - ފޮޓޯ: ގެޓީ އިމޭޖް
ފަލަސްތީނު ބިރުވެރިކަމުގައި - ފަލަސްތީނުގައި ޔަހޫދީން މިހާރު ހިނގަމުންދާ އަނިޔާވެރި ހަމަލާތަކުގައި އެތައް އާއިލާތަކެއް ނެތިގެން ގޮސްފައިވާއިރު، ކުޑަކުދިންވެސް ވަނީ ޝަހީދުކޮށްލާފައި - ފޮޓޯ: ދަ އިންޑިޕެންޑެންޓް
ފަލަސްތީނު ބިރުވެރިކަމުގައި - އަގްސާގައި އިޒްރޭލު ސިފައިން ހޯމަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގައި ވެސް ފަލަސްތީނުގެ 300 އަަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައި - ފޮޓޯ: ގެޓީ އިމޭޖް
ފަލަސްތީނު ބިރުވެރިކަމުގައި - އިސްރާއިލުން ދިން ހަމަލާއެއްގައި ޝަހީދުވި މީހަކު ގެންދަނީ - ފޮޓޯ: ދަ އިންޑިޕެންޑެންޓް
ފަލަސްތީނު ބިރުވެރިކަމުގައި - 2020 ވަނަ އަހަރުން ފެށިގެން ޝެއިޚް ޖައްރާހުގެ 13 އާއިލާއެއް އެމީހުންގެ ގޯތިގެދޮރުން ފައްސާލާފައިވޭ، އިތުރު އާއިލާތަކެއް ގޯތިގެދޮރުން ނެރުމުގެ އަމުރެއް މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އިސްރާއީލްގެ ސުޕްރީމްކޯޓުން ވަނީ ނެރެފައި - ފޮޓޯ: ގެޓީ އިމޭޖް