މަޤާމް އިބްރާހިމް: ސާފު ރީތި ފޮޓޯތަކެއް

5 މެއި 2021 | ބުދަ 13:01
-
30016
އިބްރާހީމުގެފާނުގެ މަޤާމުފުޅުގައި ވަނީ، އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލައެވެ.
މަޤާމް އިބްރާހިމް - މިއީ އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލަ - ފޮޓޯ: އަލްހަރަމައިން
މަޤާމް އިބްރާހިމް - މި ފޮޓޯތަކަކީ ވަރަށް ގިނަ ވަގުތު ހޭދަކޮށް ނަގާފައިވާ ސާފު ރީތީ ފޮޓޯތަކެއް - ފޮޓޯ: އަލްހަރަމައިން
މަޤާމް އިބްރާހިމް: ހައްޖު ނުވަތަ އުމްރާ އަށް ދާ އެތައް މިލިއަން ބަޔަކު އިބްރާހިމްގެފާނުގެ މަޤާމްފުޅުގައި މަޑުކޮށް އެތެރޭގައިވާ ހިލަކޮޅު ދުށުމަށް އެދޭ، ނަމަވެސް އެހާ ކައިރިން ސާފުކޮށް ފެނުމަކީ އުނދަގޫ ކަމެއް، މި ފޮޓޯތަކުން މިފެންނަނީ ވަރަށް ކައިރިން ފެންނަ ފޮޓޯތަކެއް - ފޮޓޯ: އަލްހަރަމައިން
މަޤާމް އިބްރާހިމް: ގެފުޅު ބިނާކުރެއްވުމަށްޓަކައި އިބްރާހިމްގެފާނު އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލަ - ގެފުޅު ބިނާ ކުރެއްވުމަށްފަހު، ކޮންމެ އަހަރަކު އެއް ފަހަރު އިބްރާހީމްގެފާނު ހައްޖުވެ ވަޑައިގަތުމަށް މައްކާއަށް ޒިޔާރަތް ކުރައްވަމުން ގެންދެވި - ފޮޓޯ: އަލްހަރަމައިން