ހަޖަރުލް އަސްވަދު: މީގެ ކުރިން ފެނިފައި ނުވާ އަޖައިބުކުރުވަނިވި ފޮޓޯތަކެއް

4 މެއި 2021 | އަންގާރަ 11:57
-
45262
ހަޖަރުލްއަސްވަދަކީ ކަޅު ކުލައިގެ ހިލައެކެވެ. ހިލަ ބޭރުން ސިފަވަނީ ކުކުޅުބިސް ބުރަށެވެ. ހިލައިގެ ބޭރުގައި ވަނީ ރިހި ފްރޭމެއް ހަރުކޮށްފައެވެ. އެ ފްރޭމްގައި މީހެއްގެ ބޮލުގެ ބޮޑުމިނަށް އިންނަ އާނގައެއް އިނދެއެވެ. މީހުންނަށް ހިލަ ފެންނަނީ މި ފްރޭމްގެ ތެރެއިން ކަމަށްވާއިރު، މިހާރު މިފެންނަ ފޮޓޯތަކަކީ މީގެ ކުރިން އަދި ދުވަހަކު ވެސް ފެނިފައި ނުވާ ފޮޓޯ ތަކެކެވެ. މި ފޮޓޯތައް ނަގަން 7 ގަޑިއިރު ހޭދަވެފައިވާއިރު، 1050 ފޮޓޯ ނަގާފައިވެއެވެ. އެ ހުރިހާ ފޮޓޯތަކެއް އެއްކޮށްލައިގެން 49،000 މެގަޕިލްކެސްގެ ފޮޓޯތަކެއް މިވަނީ އާއްމުކޮށްފައެވެ. ފޮޓޯތައް މިހާރު މިފެންނަ ގޮތަށް ހެދުމަށް 50 ގަޑިއިރު ހޭދަވެފައިވެއެވެ.
ހަޖަރުލް އަސްވަދު - މި ފޮޓޯތައް ނަގަން 7 ގަޑިއިރު ހޭދަވެފައިވާއިރު، 1050 ފޮޓޯ ނަގާފައިވޭ، ފޮޓޯތަކުން ފެންނަނީ ހިލައިގެ ކައިރި ވަރަށް ރީތި ރަތްކުލައެއްގައި، ހަޖަރުލްއަސްވަދު ބެލެހެއްޓުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިލައިން ނެއްޓޭ އެތިއެތިކޮޅު ނަގާ ސާފުކުރުމާއި ދުވަސް ވުމުން ނެއްޓެމުންދާ އެތިއެތިކޮޅު ވަކިކޮށް ނަގާ ކުލަ ރީތި ކުރުމަށްފަހު އޭތިކޮޅު އަލުން ހަރުކުރުމާއި، ހިލަ ފޮހުމާއި، ބޭރުގައިވާ ރިހި ކަވަރު ފޮހެ ސާފު ކުރުމާއި، ހިލައިން ތަންކޮޅެއް ނެއްޓިއްޖެނަމަ އެތަނެއް އަވަހަށް މަރާމާތު ކުރުމާއި، ހިލައިގައި މީރުވަސް ދުވާ ހުވަނދުލުން ހިމެނޭ - ފޮޓޯ: ހަރަމައިންފޯ
ހަޖަރުލް އަސްވަދު - ހަޖަރުއަސްވަދުގެ މެދުގައި ހަތްހިލަ އޮވޭ، އެ ހަތް ހިލަ ހުންނަނީ އެކަތިގަނޑެއްގެ ގޮތައް ތަތްކޮށްފައި، މިއީ މިހާތަނަށް ނެގުނު އެންމެ ފުރިހަމަ ރީތީ ފޮޓޯތައް ކަމަށްވާއިރު، ކޮންމެ އަހަރަކުވެސް ކައުބަތުﷲ ގެފުޅަށް ޒިޔާރަތް ކުރާ އެތައް މިލިއަން މުސްލިމުން ގާތުން ނުވިއްޔާ ކިތަންމެ ދުރުން ނަމަވެސް ހަޖަރުލް އަސްވަދު ދުށުމަށް ޝައުގުވެރިވެ އަދި ބޮސްދޭން ބޭނުންވޭ - ފޮޓޯ: ހަރަމައިންފޯ
ހަޖަރުލް އަސްވަދު - ހިލައިގެ ބޭރުގައި ވަނީ ރިހި ފްރޭމެއް ހަރުކޮށްފައި، އެ ފްރޭމްގައި މީހެއްގެ ބޮލުގެ ބޮޑުމިނަށް އާނގައެއް އިނދޭ
ހަޖަރުލް އަސްވަދު - ހަޖަރުލްއަސްވަދަކީ ކަޅު ކުލައިގެ ހިލައެއް، ހިލަ ބޭރުން ސިފަވަނީ ކުކުޅުބިސް ބުރަށް - ފޮޓޯ: ހަރަމައިން