އައްޑޫއަށް ގެނައި އަސްތައް މާޙައުލަށް ހޭނި، ރައްޔިތުންނަށް އުފާވެރިކަން!

27 މާރޗް 2021 | ހޮނިހިރު 21:47
-
44014
އަހަރު ދުވަހުގެ މަސައްކަތަށްފަހު އައްޑޫސިޓީއަށް އަސްތަކެއް ގެނެސްފައިވާއިރު، މިއީ އައު ކަމެއް ފެށުމުގެ ވިސްނުމާއި ޙިޔާލާއެކު އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ 2 ޒުވާނުން ކަމަށްވާ މުޙައްމަދު އަދްލީލް މޫސާ އަދި އަހުމަދު އަޤްލީލް ފެށި މަސައްކަތެކެވެ.
އައްޑޫއަށް ގެނެސްފައިވާ އަސްތަކާއެކު އާންމުންގެ ގިނަ ބަޔަކު ދަނީ ފޮޓޯ ނަގަމުން - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
އައްޑޫއަށް އަސްތައް ގެނައުން މިއީ އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ 2 ޒުވާނެއްގެ މަސައްކަތް - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
އަސްތައް ގެނައުމުގެ ހުރިހާވެސް ބޭނުމަކީ ރައްޔިތުންނަށް ތަފާތު ތަޖުރިބާއެއް ކުރުމުގެ މަގުފަހި ކޮށްދިނުން - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
އައްޑޫސިޓީއަށް އަސްތަކެއް ގެނައުމަކީ އަހަރެއްގެ ދިގު މަޝްވަރާއާއި މަސައްކަތުގެ ފޮނި ނަތީޖާ - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
އައްޑޫއަށް ގެނެސްފައިވާ އަހަކާއެކު ފޮޓޯ ނަގަނީ- އަސްތައް ބެއިތިއްބުމަށް ޚާއްސަ ސަރަޙައްދެއް ވެސް މިހާރު ވަނީ ތައްޔާރުކޮށްފައި - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
ވިޔަފާރީގެ އުސޫލުން އެކި ޙަރަކާތްތަކަށް އަސްތައް ބޭނުން ކުރުމަށް ވަނީ ނިންމާފައި - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
ފޮޓޯ ޝޫޓުތަކުގެ އިތުރުން، ކައިވެނި ޙަފްލާތަކާއި، ރޭސިންގ ފަދަ ކަންކަމަށް އަަސްތައް ބޭނުން ކުރާނެ - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
ކުރިއަށް އޮތް ތަނުގައި އިތުރު އަސްތައް ގެނައުމަށް މަސައްކަތް ކުރާނެކަމަށް މިކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނޭ - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
މި އަސްތަކާއެކު އައްޑޫސިޓީ ރައްޔިތުންނަށް ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ މަގު މިވަނީ ތަނަސްވެފައި - ފޮޓޯ: ފަސާސް ފޮޓޯގްރަފީ
މިހާރު ގެނެސްފައިވާ އަސްތަަކަށް ދީފައިވާ ނަމަކީ "އަސްލަން" ، "ޖިއާ" އަދި "ސޯފީ" - ފޮޓޯ: ފަސާސް ފޮޓޯގްރަފީ