ރިޔާސީ ބަޔާން 2021 - އުއްމީދީ އެތައް ވާހަކަތަކެއް

4 ފެބްރުއަރީ 2021 | ބުރާސްފަތި 10:56
-
48878
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާފައިވަނީ 4 ފެބްރުއަރީ 2021 ގައެވެ.
ރިޔާސީ ބަޔާން 2021 - ޖަލްސާ އަށް ދައުވަތު އެރުވުނު ބައެއް ބޭފުޅުން، އެގޮތުން ރާއްޖެއަށް އެކި ގައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ޖަލްސާގައި - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން، ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ޤާނޫނުތަކުގެ ބިލުތައް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައިވެސް މަޖިލީހަށް ފޮނުވާނެ ކަމަށާއި، އެ ބިލުތައް، ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާއާއި ފުން ބަހުސްތަކުން މުއްސަނދިކުރައްވައި، މަޖިލީހުން ފާސްކޮށްދެއްވާނެކަމާ މެދު އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ ބައެއް މެންބަރުން - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ކޯވިޑް -19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - މީގެ އެއް އަހަރު ކުރިން، މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރި އިރު، ރާއްޖޭގެ ޙާލަތު އޮތް ގޮތާ އަޅައި ބަލާއިރު، މިހާރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށާއި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަޤްދީރުގެ ނިޔާގެ މަތިން، ކަންކަން ބަދަލުވެ ފުރޮޅިގެން ދިޔައީ، ތަދުބީރުކުރި ރޭވުމާ މުޅިން އެއްގޮތަކަށް ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު، އަދި ޖަލްސާ އަށް ދައުވަތު އެރުވުނު ވަޒީރުންނާއި ދައުލަތުގެ އިސްވެރިން - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުގެ ކުރިން މޯލްޑިސްވް ނޭޝަނަލް ޑިފެންސްފޯސްގެ ފަރާތުން ރިޔާސީ ކުރުނީހެއް އެރުވުން - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނާއި، މަޖިލިހުގެ ރައީސް ވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުގެ ކުރިން މޯލްޑިސްވް ނޭޝަނަލް ޑިފެންސްފޯސްގެ ފަރާތުން ރިޔާސީ ކުރުނީހެއް އެރުވުމަށް ތައްޔާރުވެފައި - ފޮޓޯ: މަޖިލިސް
ރިޔާސީ ބަޔާން 2021 - ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުގެ ކުރިން މޯލްޑިސްވް ނޭޝަނަލް ޑިފެންސްފޯސްގެ ފަރާތުން ރިޔާސީ ކުރުނީހެއް އެރުވުމަށް ތައްޔާރުވެފައި - ފޮޓޯ: މަޖިލިސް