ށ. ފުނަދޫ - ރަށްފުށު ދިރިއުޅުން މާ ހިތްގައިމު

19 ޖެނުއަރީ 2021 | އަންގާރަ 14:43
-
31405
ށ. ފުނަދޫ އަކީ ކުރިން ފަޅުރަށެކެއެވެ. މިހާރު އެއީ ށ. އަތޮޅު ވެރިކަން ކުރާ ރަށެއެވެ. ފުނަދޫގައި މީހުން އާބާދުވާން ފަށާފައިވަނީ 1968ވަނަ އަހަރު ޖެނުއަރީ 1 ދުވަހުން ފެށިގެންނެއެވެ. ކުރިން ފުނަދޫ އަށް ކިޔަމުންއައި ނަން (ފަރުކޮޅުފުނަދޫ) "ފުނަދޫ" މިނަމަށް ބަދަލުކުރައްވާފައިވަނީ 12 މާރޗް 1995ގައެވެ.
ށ. ފުނަދޫ - އިރު އޮއްސުނު ވަގުތު ކުޑަ ފިރިހެން ކުއްޖަކު މޫދު ސަރަހައްދުގައި ބައިސްކަލުގައި ދުއްވާފައި ދަނީ - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - އިރު އޮއްސުނު ވަގުތުގެ ހިތްގައިމު މަންޒަރެއް، ގުދުރަތީ މި ރީތި މަންޒަރުތައް ބަލާލަން ކޮންމެ ދުވަހަކު ވެސް އެތައްބަޔަކު ތިބޭ - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - ފިރިހެން ކުދިންތަކެއް މޫދަށް އެރޭ މަންޒަރު، ރަށް ރަށުގެ އެކި އުމުރު ފުރައިގެ ކުދިން ކޮންމެ ދުވަހަކުހެން މޫދަށް ގޮސް ފެތުމުގެ ހުނަރުތައް ދަސްކޮށް ހަދާ، މި އުމުރުފުރައިގެ ކުދިންނަކީ މޫދު ކުޅިވަރަށް ނުހަނު ޝައުގުވެރިވާ ކުދިންތަކެއް - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - ޒުވާން ކުދިންތަކެއް މޫދަށް ފުއްމާލަނީ، މޫދު ކުޅިވަރުތަކަކީ ޒުވާން ކުދިން ވަރަށް ފޯރިއާއި އެކު ކުރަމުން އަންނަ ކަމެއް - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - މަހު އައި ދޯންޏަކުން ބޭނި މަސް ތޮށިގަނޑުމަތީގައި، މުޅި މަސްވެރި މުޖުތަމައަށް ފައިދާވާނެ ގިނަ ކަންތައްތަކެއް ސަރުކަރުން ވަނީ ރާވާފައި - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - ރަށުގެ އަންހެނުންތަކެއް ކާށި ފުންޏެއް ކައިރީ - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - މޫދާ ދިމާލުގައި މީހަކު މަސްކަނޑަނީ، ރަށްރަށުގެ އެންމެ ހިތްގައި އެއް ކަމަކީ މި ފަދަ މަސައްކަތްތައް ވެސް ހަމަޖެހިލައިގެން ކުރެވޭނެ ޖާގަ އާއި ހިތްހަމަޖެހުން ލިބުން - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - ރަށުގެ އަންހެނަކު ފަންބޮނޑިއެއް ބަންނަނީ، ފަން ވިއްކުމަކީ ވެސް އާމްދަނީ ހޯދުމަށް ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތެއް - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - މީހަކު ބަރޯ އެއް ހިފައިގެން، ކުރީ ޒަމާނުގައި ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބޭނުން ކުރި އެކައްޗަކީ ބަރޯ، ބައެއް ރަށްރަށުގައި މީހުން ބަލިވުމުން ހޮސްޕިޓަލަށް ވެސް ބަރޯ އަށްލައިގެން ގެންގޮސްފައިވޭ - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - އަންހެނަކު މަގު ކުނިކަހަނީ، ރަށް ރަށުގެ އެކި ސަރަހައްދުތަކުގެ މަގު ކުނިކެހުމަކީ ކޮންމެ ދުވަހަކު ވެސް އަންހެނުން ކުރަމުން އަންނަ މަސައްކަތެއް - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - މޫދު ސަރަހައްދުގައި އެކި އުމުރުފުރައިގެ މީހުން ހަރަކާތްތެރިވާއިރު، ކުއްޖަކު ބަރޯ އެއްގައި ފަންބޮޑި އުފުލަނީ - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - ދެ އަންހެނަކު، ބޮނބި ފާކުރަން މޫދުގައި ވަޅުލަނީ - ފޮޓޯ: މުހައްމަދު އަފްރާހް
ށ. ފުނަދޫ - ރަށުގެ ގެއެއްގެ ކައިރީގައި ބަހައްޓާފައިވާ ޖޯލިފަތިތަކެއްގައި އުމުރުން ދުވަސްވީ ދެމީހަކު އިށީނދެލައިގެން، ރަށްރަށުގައި މި ގޮތަށް ބަހައްޓާފައި ހުންނަ ޖޯލިފަތިތަކުގައި އެކި އުމުރުފުރައިގެ މީހުން ވާހަކަ ދައްކާލަން ތިބޭ މަންޒަރު ފެނޭ - ފޮޓޯ: މުހައްމަދު އަފްރާހް