މޫސުން - ރާއްޖެއަށް ކުރަމުންދާ ވިއްސާރަ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ، ސަމާލުވޭ

12 ޖެނުއަރީ 2021 | އަންގާރަ 11:56
-
35405
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވެއެވެ.
މާލޭ ސިޓީ އަށް ވާރޭ ވެހެމުންދަނީ - ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
މާލެ ސިޓީ އަށް އަންގާރަ ދުވަހު ވެހުނު ވާރޭގައި އެސްޓީއޯ ފުށް ގުދަން ހުންނަ ސަރަހައްދުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްއެންޑީއެފް

މާލެ ސިޓީ އަށް ވާރޭ ވެހެމުންދަނީ - ސައިކަލުތަކުގައި އާއި އެހެން އުޅަނދު ތަކުގައި ދަތުރު ކުރާ ފަރާތްތަކުން ވެސް ސަމާލުވެގެން ދަތުރުކުރުމަކީ މުހިއްމު ކަމެއް - ފޮޓޯ: ރާއްޖެއެމްވީ
މާލެ ސިޓީ އަށް ވާރޭ ވެހެމުންދަނީ - މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ - ފޮޓޯ: ރާއްޖެއެމްވީ
މާލެ ސިޓީ އަށް ވާރޭ ވެހެމުންދިއަ ގަޑީގައި ހުޅުމާލެ އާ ވީ ސަރަހައްދު މޫދުގައި ޑިންގީއެއްގައި ދެމީހަކު - ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި ގަދަވާނެ، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
މާލެ ސިޓީ އަށް ބޯކޮށް ވާރެވެހި މަގުތަކުގައި ފެން ބޮޑުވެފައި - އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
އަންގާރަ ދުވަހު މާލެ ސިޓީ އަށް ވެހުނު ވާރޭގައި އަންހެނަކު ކުޑައެއް ނަގައިގެން ދަނީ - އާންމުކޮށް މާލެއަށް ބޯކޮށް ވާރޭވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވޭ - ފޮޓޯ: ރާއްޖެއެމްވީ