ރާއްޖެޓީވީ އަންދާ އަޅިއަށް ހަދާލިތާ 7 އަހަރު

7 އޮކްޓޯބަރ 2020 | ބުދަ 04:02
-
42819
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގެ ތެރެއަށް މޫނު ނިވާކޮށްގެންތިބި ބަޔަކު ވަދެ، ރާއްޖެޓީވީގައި ހުޅުޖަހައި ރޯކޮށްލާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެއީ ރާއްޖެޓީވީގެ ހަޔާތުގައި ދުށް އެންމެ ކަޅު ދުވަސް އެވެ. ސްޓޭޝަންގައި އެއްކޮށް ހުޅުޖައި އަންދާލުމުން، ބްރޯޑްކާސްޓިން މެދުކެނޑުނު ނަމަވެސް، މުވައްޒިފުން ކުރި ހިތްވަރާއެކު ގިނަ އިިރުތަކެއްނުވެ، އަލުން ބްރޯކާސްޓިންގ ފެށިފައިވެއެވެ. ލިބިނު ގެއްލުން އެތަކެއް މިލިއަނަށް އެރިއިރު، 7 އަހަރުވެގެންދިޔަ އެ ހާދިސާއަށް އަދިވެސް އިންސާފު ލިބިފައެއް ނުވެ އެވެ.
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ އިމާރާތް - ރާއްޖެޓީވީއަށް ލިބުނު ގެލުން އެތަށް މިލިއަން ރުފިޔާއަކަށް އެރިނަމަވެސް، އެކަމުގައި ރާއްޖެޓީވީއަށް މިއަދާ ހަމައަށްވެސް އިންސާފެ ލިބިފައެއް ނުވޭ -- ފޮޓޯ: ވީނިއުސް
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ފަޔަރ ޓީމުން ހަރަކާތްތެރިވަނީ
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ އިމާރާތް - ރާއްޖެޓީވީގެ މުވައްޒިފުން ކުރި ބުރަ މަސައްކަތުން އެ ދުވަހުގެ މެންދުރުފަހު، ކޮންމެވެސްގޮތަކަށް ބްރޯޑްކާސްޓިން ފެށުނު -- ފޮޓޯ: ވީނިއުސް
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ އިމާރާތް - ރާއްޖެޓީވީގެ ބްރޯޑްކާސްޓިން ފެށުމަށްޓަކައި ބައެއް އާންމު ރައްޔިތުންގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބުނު -- ފޮޓޯ: ވީނިއުސް
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ އިމާރާތް - ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް -- ފޮޓޯ: ވީނިއުސް
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ އިމާރާތް - މި ހާދިސާ ހިނގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެކަމަށް ޝައްކުކުރެވޭތީ ރާއްޖެޓީވީގެ ފަރާތުން އެކަން ފުލުހުންގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވީ ނަމަވެސް، އެކަމުގައި އޭރު އިސްކޮށްތިބި ފަރާތްތަކުން ފިޔަވަޅު އާޅާފަނުވާކަން ފާހަގަކުރެވޭ -- ފޮޓޯ: ވީނިއުސް
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ ސްޓޫޑިއޯ - ރާއްޖެޓީވީގެ ސެކިއުރިޓީ ކެމެރާގެ ވީޑިއޯ އިން ފެނުނުގޮތުގައި މޫނު ނިވާކޮށްގެން ތިބި ފަސް މީހުން ވަންނައިރު، އެއްބަޔަކު ދޮރުމަތީގައި ސެކިއުރިޓީ މީހާ، ހިފަހައްޓައިގެން ވަޅިޖައްސާ މަންޒަރުވެސް ފެނޭ -- ފޮޓޯ: ވީނިއުސް
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ ސްޓޫޑިއޯ - ރާއްޖެޓީވީގެ ޓްރާންސްމިޝަން ނިންމާލުމަށްފަހު މުވައްޒަފުން އެރޭ ގެއަށް ގޮސްފައިވަނީ، ދަންވަރު 12 ވެސް ޖެހި ފަހުން -- ފޮޓޯ: ވީނިއުސް
އަންދާ އަޅިއަށް ހަދާލާފައިވާ ރާއްޖެޓީވީގެ ސްޓޫޑިއޯ ތެރެ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ - ރާއްޖެޓީވީގެ މެނޭޖުމެންޓުންނާއި، އޭރާއި މިހާރުގެ މުވައްޒަފުން އެ ދުވަސް ސިފަކުރަނީ، ނާމާން ބިރުވެރި ދުވަހެއްގެ ގޮތުގައި -- ފޮޓޯ: ވީނިއުސް
ރާއްޖެޓީވީގެ މާސްޓަރ ކޮންޓްރޯލް ރޫމުން، ސްޓޫޑިއޯއަށް ވަންނަ ދޮރުކައިރި. ސްޓޫޑިއޯ ތެރެއިން ފެންނަން އެހުރިި ސެޓަކީ ހަބަރު ކިޔުމަށް ބޭނުންކުރަމުން ދިޔަ ސެޓް. -- ފޮޓޯ: ވީނިއުސް
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ފަޔަރ ޓީމުން ހަރަކާތްތެރިވަނީ - ރާއްޖެ ޓީވީގެ ހުރިހާ ސާމާނެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ފަޔަރ ޓީމުން ހަރަކާތްތެރިވަނީ - އަލިފާނުގެ ހާދިސާގައި، ރާއްޖެޓީވީ ހިންގާ އިމާރާތުގެ ބައެއް އެހެން ފަންގިފިލާތައްވެސް އެއްކޮށް ބޭނުންނުކުރެވޭވަރު ވެފައިވޭ.
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު - މޫނު ނިވާކޮށްގެން ތިބި ބަޔަކު އިމާރާތުގެ ތެރެއަށް ވަނީ ސެކިއުރިޓީ ގާޑަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު.
ރާއްޖެޓީވީ ހިންގަމުންގެންދިޔަ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ފަޔަރ ޓީމުން ހަރަކާތްތެރިވަނީ - ރާއްޖެޓީވީގެ ތަޅު ހަލާކުކޮށްލާ، އިމާރާތުގެ ތެރެއަށްވަދެ، އެ މީހުން ފުރަތަމަ ޕެޓްރޯލް އަޅާފައިވަނީ މާސްޓަރ ކޮންޓްރޯލް ރޫމަށް.