ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުން

26 ސެޕްޓެންބަރ 2020 | ހޮނިހިރު 11:52
-
37292
ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 21 ސެޕްޓެމްބަރު 2020 ގައެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އައި މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުއްޓަށް މި ކާގޯ ފެރީ ބަނދަރުކޮށްފައިވަނީ 26 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އެވެ.
ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުން - މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާއިރު، މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށް - ފޮޓޯ: ފޮރިންގ މިނިސްޓްރީ
ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުން - މި ފެރީ މާލެއަށް ވެސް އައުމަށް ހަމަޖެހިފައިވާއިރު، މާލެއަށް ސިމެންތިއާއި، ކޮންސްޓްރަކްޝަން ސާމާނާއި، ކާބޯތަކެއްޗާއި، މެޝިނަރީ ގެންދިއުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ: ފޮރިންގ މިނިސްޓްރީ
ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުން - މި ފެރީން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނާއި، ދަނޑުވެރިކަމާ ގުޅޭ ސާމާނު ކުޅުދުއްފުއްޓަށް ބާލާނެ - ފޮޓޯ: ފޮރިންގ މިނިސްޓްރީ
ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުން - ކޮޗިން ފެރީ ކުޅުދުއްފުއްޓަށް ގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މި ކާގޯފެރީ އަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރި ކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއް ކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުން ކުރުމަށް - ފޮޓޯ: ފޮރިންގ މިނިސްޓްރީ