ލޮނުޒިޔާރަތް ބަގީޗާ

19 ސެޕްޓެންބަރ 2020 | ހޮނިހިރު 17:42
-
37998
އެކި ކުލަ ކުލައިގެ މާ ގަސްތަކުންނާއި ރުއްތަކުން މުޅި ޕާކު ނަލަކޮށްލާފައިވާއިރު، މި ޕާކު ހުޅުވާލާނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެ އެވެ.
ލޮނުޒިޔާރަތް ބަގީޗާ - އެކި ކުލަ ކުލައިގެ މާ ގަސްތަކުންނާއި ރުއްތަކުން މުޅި ޕާކު ނަލަކޮށްލާފައިވާއިރު، މި ޕާކު ހުޅުވާލާނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުން - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާގައި ހައްދާފައިވާ މާ ގަހެއް - މި ބަގީޗާގައި ވަނީ ތަފާތު އެކި ވައްތަރުގެ މާގަސްތައް އިންދާފައި - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - ރައްޔިތުންނަށް އާއްމު ތަންތަނަށް ވަދެ އުޅޭވޭ ވަރަށް ކޮވިޑް19 ގެ ހާލަތު އަރައިގަނެވިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޕާކު ހުޅުވުމަށް ތައްޔާރުވަމުންދާ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނޭ - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަނެވުމާއި އެކު އެންމެ އަވަހަށް ހުޅުވާނެ ޕާކެއްގެ ގޮތުގައި މި ޕާކު ހިމެނޭ - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާގައި ހައްދާފައިވާ މާ ގަހެއް - މިއީ ހިތްހަމަޖެހިލައިގެން އާއިލާއާއި އެކު ވަގުތު ހޭދަކޮށްލަން ހިތްގައިމު މަންޒިލެއް - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - ހަނަފަސްކޮށް އޮތް މި ސަރަހައްދު ފެހިކޮށް ޒީނަތްތެރިކުރަން ފެށިތާ އެއް އަހަރު ވަނީ ވެފައި - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - މި ޕާކު ހުޅުވުމަށް ވަރަށް ގިނަ ތާރީޚު ތަކެއް ދެވުނު ނަމަވެސް ތަފާތު އެކި އެކި ސަބަބުތަކާއި ހެދި ފަސްކުރަން ޖެހުނު - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - މި ޕާކުގައި ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައި - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - ހަނަފަސް ބޮޑު ވެލިގަނޑެއްގެ ގޮތުގައި އޮތް ޕާކު ވަނީ ފެހިކޮށް ނަލަކޮށްލާފައި - ފޮޓޯ: ރާއްޖެއެމްވީ
ލޮނުޒިޔާރަތް ބަގީޗާ - މި ބަގީޗާގައި ވަނީ ތަފާތު އެކި ވައްތަރުގެ މާގަސްތައް އިންދާފައި - ފޮޓޯ: ރާއްޖެއެމްވީ