ނައިބްް ރައީސާއެކު އެޗްއީއޯސީގެ ބައްދަލުވުންތައް ކުރިއަށް

19 ސެޕްޓެންބަރ 2020 | ހޮނިހިރު 17:42
-
34927
ހެލްްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކާއި ގުޅެ ބައްދަލުވުމަށް ކޮންމެ ދުވަހަކުވެސް ނައިބް ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވަ އެވެ. އަދި ކޮވިޑ-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި، ރައްޔިތުން ރައްކާތެރިކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވަ އެވެ.
އެޗްއީއޯސީގެ ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ބައިވެރިވެވަޑައިގެން -- ފޮޓޯ: ހެލްތު މިިނިސްޓްރީ
އެޗްއީއޯސީގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެން - މި ބައްދަލުވުންތަކުގައި ކޮވިޑަ-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ނިކުންނަ އިޖުތިމާއީ މައްސަލަތަކާއިމެދުވެސް މަޝްވަރާކުރެވޭ -- ފޮޓޯ: ހެލްތު މިިނިސްޓްރީ
އެޗްއީއޯސީގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީ ހިންގެވމާއި ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެން - މިނިސްޓަރު އަބްދުﷲ އަމީން މަޤާމުން އެއްފަރާތްވެވަޑައިގެންނެވި ހިސާބުން، މިނިސްޓްރީގެ ކަންކަން ބަލަހައްޓަވަމުންގެންދަވަނީ މިނިސްޓަރ އަސްލަމްގެ ބެއްލެވުމުގެ ދަށުން -- ފޮޓޯ: ހެލްތު މިިނިސްޓްރީ
އެޗްއީއޯސީގެ ބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން - މި ބައްދަލުވުންތަކުގައި ކޮވިޑް-19 ގެ އެންމެ ފަހުގެ ހިސާބުތައް ހިއްސާކުރެވޭ -- ފޮޓޯ: ހެލްތު މިިނިސްޓްރީ