17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވާހަކަ

ޖަނަވާރުންނަށް އޯގާތެރިވުން

ރާއްޖެ އެމްވީ | 5 މަސް ކުރިން |


  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ




ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ޖުހާ އެއްދުވަހަކު އޭނާގެ ހިމާރުގެ މައްޗަށް އަރައިގެން ބާޒާރަށް ދިޔައެވެ.

ގޮސް ގިނަ އަދަދެއްގެ ތަކެތި ގަނެގެން ދަބަހަކަށް އެޅުމަށްފަހު ޖުހާގެ ބުރަކަށިމަތީގައި ދަބަސް އޮންނަ ގޮތަށް ދެކޮނޑުގައި ދަބަސް އަޅުވާލައިފިއެވެ.

މި ގޮތައް ދަބަސް އަޅުވައިގެން މަޑުމަޑުން ހިނގަމުން އައިސް ޖުހާގެ ހިމާރުގެ މައްޗަށް އަރާ ގެއާ ދިމާލަށް ދިއުމަށް ދަތުރު ފަށައިފިއެވެ.

ޖުހާ ދަތުރު ކުރަމުން ދިޔައިރު މަގުމަތިން ފެންނަ މީހުން ޖުހާއާ ދިމާލަށް ބަލާލުމަށްފަހު ހައިރާން ވެގެން ކޮންމެވެސް އެއްޗެހި ތަކެއް ކިޔާހެން ހީވެސްވެއެވެ.

މި ގޮތައް ދަނިކޮށް ރަހުމަތްތެރިއަކާ ދިމާވެގެން ރަހުމަތްތެރިޔާ އަތް އުފުލާލުމުން ހިމާރުގެ ތުނބުގައި ޖަހާފައި އޮތް ވާގަނޑަށް ގޮތެއް ހަދާލުމަށްފަހު ހިމާރު ހުއްޓުވައިފިއެވެ.

"ޖުހާ ކީއްވެ ހިމާރުގެ މައްޗަށް ސަވާރުވެ އިނދެ ތިއޮއް ބަރު ދަބަސް އަމިއްލަ ބުރަކަށީގައި އަޅުވައިގެން ތިޔަ ދަނީ؟ ގައިމު ހައްޓަށްވެސް ލުއިވާނެއްނޫންތަ ހިމާރުގެ ބުރަކަށިމަތީގައި ދަބަސް ބަހައްޓައިގެން ދިޔައިމަ؟" އެމީހާ ހައިރާންވެފައި ހުރެ ޖުހާ ގާތު އަހާލިއެވެ.

މިހާ ހިސާބުން، ކުރިން މި ދަތުރުގައި މަގުމަތިން ބައެއް މީހުން ހައިރާން ވެގެން އެ ދެއްކީ ހަމަ މިވާހަކަ ކަން ޖުހާއަށް ރޭކާލައިފިއެވެ.

"ކަލޭމެންނަކީ އެއްވެސް ރަހުމެއް އޯގާތެރި ކަމެއް ޖަނަވާރުންނާ މެދު ހިތުގައި އޮންނަ ބައެއް ނޫންތަ؟" ޖުހާ އަހާލިއެވެ. އެހެންޏާ އަހަރެން މިއޮއް ބަރު މީހާ އަރާވެސް މިއިންނަނީ އެސޮރުގެ ބުރަކަށި މައްޗަށް، އަނެއްކާ އިތުރު ބަރު ދަބަހެއްވެސް އެސޮރުގެ ބުރަކަށިމައްޗަށް އަރުވާ އިތުރަށް ބަރު ކުރަންވީ؟" ޖުހާ އަހާލިއެވެ.

"އެގޮތައް ކަންތައް ކުރާކަށް ބޭނުމެއް ނޫން، މި ނިކަމެތި ހިމާރު މަގޭ ހަށިގަނޑުގެ ބަރު އެ އުފުލާ ދެނީ، އިތުރަށް ބަރުކޮށް އެސޮރު ވަރުބަލި ކުރަން ބޭނުން ނުވާތީ އަހަރެންގެ ބުރަކަށިމަތީގައި ދަބަސް މި އުފުލަނީ." މިކަން ވެގެން އުޅޭ ގޮތް ސާފުކޮށް ދިނުމުގެ ގޮތުން ޖުހާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް